ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާއިން ރަޝީދު މިއަދު ނިޔާވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރީގައި ވަޒީފާއަދާކުރަމުންއައި ޝާއިން ނިޔާވިއިރު އޭނާގެ އުމުރަކީ 38 އަހަރެވެ. އޭނާ ނިޔާވީ މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި ހުއްޓައި ސްޓްރޯކެއް ޖެހުމުން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
ގައުމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޝާއިން ވަނީ ގައުމީ ބެޑްމިންޓަން ޓީމަށް ހަތް އަހަރު ކުޅެ ސައުތު އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލް ކޮށްފައެވެ.
ޝާއިން ރަޝީދަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި މިހާރު ހިމެނޭ މުހިންމު ދެ ކުޅުންތެރިންކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި އަފްނާން ރަޝީދުގެ ދެބެންގެދެދަރި ދައްތައެކެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ޝާއިން ނިޔާވި ހަބަރާ އެކު ބެޑްމިންޓަން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ.