އެންމެ ފަހުގެ ޗެމްޕިއަން އެންޑީ މަރޭ އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ޓެނިސް އިވެންޓްގެ ސިންގަލްސް ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުގެ ކުއާޓާގެ ޖާގައެއް ދުނިޔޭގެ ދެ ވަނަ ޓެނިސް ކުޅުންތެރިޔާ މަރޭ ހޯދީ އިޓަލީގެ ފަބިއޯ ފޮގްނިނީ އަތުން މޮޅުވެގެންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން މަރޭއާ ދެކޮޅަށް ނުކުތް އިޓަލީގެ ފޮގްނިނީ: އޭނާ އަތުން މޮޅުވެ، މަރޭ ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ
ދުނިޔޭގެ 40 ވަނަ އަށް ސީޑު ކޮށްފައިވާ ފޮގްނިނީ އަތުން އިނގިރޭސިވިލާތުގެ މަރޭ މޮޅުވެފައިވަނީ 1-6، 6-2 އަދި 3-6 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު މަރޭ ކާމިޔާބުކުރި ނަމަވެސް ތިން ވަނަ ސެޓުގައި އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވި އެވެ.
ފޮގްނިނީއާ ދެކޮޅަށް ކުޅުނު މެޗުގައި ވިމްބަލްޑަން ޗެމްޕިއަން މަރޭ އަތުން ތިން ވަނަ ސެޓުގެ ފުރަތަމަ ތިން ގޭމް ގެއްލުނު ނަމަވެސް، އޭނާ ވަނީ ފަހަތުން އަރައި ފަހު ހަ ސެޓު ގެންގޮސްފަ އެވެ.
ކުއާޓާގައި މަރޭ ނުކުންނަން ޖެހޭނީ އެމެރިކާގެ ސްޓީވް ޖޯންސަންއާ ދެކޮޅަށެވެ.