ޒުވާނުން ކުރިއެރުވުމަށް ޖޭސީއައި މޯލްޑިވްސް އާއި އުރީދޫ ގުޅިއްޖެ

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޒުވާނުންނަށް ކުރިއެރުމުގެ ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އުރީދޫ އާއި ޖޭސީއައި މޯލްޑިވްސް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖޭސީއައި އަކީ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުތަކުގައި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މާލެ، ކ. އަތޮޅު އަދި އައްޑޫ އަތޮޅުގައި ޖޭސީއައިގެ 120 އަށްވުރެ ގިނަ މެންބަރުން ހިމެނެ އެވެ. ޖޭސީއައިގެ މަސައްކަތްތަކުގެ ތެރޭގައި ތަފާތު ހުނަރުތައް ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޖުތަމައުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ޒުވާނުންގެ ތެރެއިން ހަރުދަނާ ވެރިންތަކެއް ތައާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އުރީދޫ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޔާމީން އާދަމް އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމްސިންހަ ވިދާޅުވީ އެ ޕާޓްނާޝިޕްގެ ދަށުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމާ އެކު ޒުވާން ބޭފުޅުން ބާރުވެރިކުރުވުމަށްޓަކައި ޖޭސީއައި މޯލްޑިވްސް އިން ކުރާ މަސައްކަތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ދިވެހިރާއްޖެ އަށާއި ކުރިއަށް އޮތް ޖީލުތަކަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިއްމު. މިއަދުގެ ޒުވާން ޖީލު ބާރުވެރިކޮށް، ޒުވާން ކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި އެފަރާތްތަކަށް އެހީތެރިވުމުގައި ޖޭސީއައި މޯލްޑިވްސް އާއި ޕާޓްނާ ކުރުމަކީ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

ޖޭސީއައި މޯލްޑިވްސްގެ ރައީސް ޔާމިން އާދަމް ވިދާޅުވީ އެ ޖަމިއްޔާގެ ކޮމިއުނިކޭޝަން ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސުމަކީ އެ ޖަމިއްޔާއަށް ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ޖަމިއްޔާގެ އުންމީދަކީ ޒުވާނުން ބާރުވެރިކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓުތަކާއި ކެމްޕެއިންތަކުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

comment ކޮމެންޓް