ރަސްފަންނުގެ ދުވާ ޓްރެކް ސަރަހައްދުގައި ގަސް އިންދަން ފަށައިފި

ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް ހަދާފައިވާ ދުވާ ޓްރެކް ސަރަހައްދުގައި ގަސް އިންދަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ، މުޅި ޖޮގިން ޓްރެކްގެ ދިގުމިނަށް އަރިމަތީ ގަސް އިންދަނީ ޖޮގިން ޓްރެކާއި ޕޭމަންޓް ވަކިކުރަން ކަމަށެވެ.

އެ ސަރަހައްދުގައި ލޮނުގެ އަސަރު ބޮޑުވުމުން އެ ގަސްތައް ހެދޭނެތޯ ސުވާލުކުރުމުން ފަޒާލު ވިދާޅުވީ އެ ސަރަހައްދުގައި ހައްދަނީ ލޮނުގައި ހެދޭ ކަހަލަ ގަސްތައް ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބީޗު ހަދަން ފެށި އިރު ވެސް ނިންމާފައި ވަނީ ގެއްލުންތައް ބަލައި އެކަންކަން ހައްލު ކުރަން ކަމަށެވެ. މިހާރު ވަނީ އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގެނެވިފައިވާ ކަމަށާއި އެ ބަދަލުތައް ވަރަށް އަވަހަށް ގެންނަން ފެށޭނެ ކަމަށެވެ. އެގޮތުން ތޮށިގަނޑުގެ ކެނޑުންތަކާއި ވެލިއަޅާފައިވާ ގޮތްތަކަށް ބަދަލު ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް