ރާއްޖެއާއި އިންޑިއާއާ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާތައް މިއަދު ބާއްވައިފި އެވެ.
ކޯސްޓްގާޑު ބިލްޑިންގގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ދިވެހި ސިފައިންނާއި ކޯސްޓްގާޑުގެ އިތުރުން އިންޑިއާ އަސްކަރިއްޔާގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ޒުހައިރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދު ހިމެނެ އެވެ.
މީގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކެޓްރީ ޖީ މޯހަން ކުމާރު، ޑެޕިއުޓީ ޗީފް އޮފް ނޭވީ ސްޓާފް ވައިސް އެޑްމިރަލް ޖީ އަޝޯކް ކުމާރު، ޑެޕިއުޓީ ޗީފް އޮފް އާރމީ ސްޓާފް ލެފްޓިނަންޓް ޖެނެރަލް އެންޕީއެސް ހީރާ އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ބައިވެރިވެވަޑައިގެންނެވި އެވެ.