މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުދަ ދުވަސް!

އިސްލާމީ މަރުކަޒު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި އަހަރުގެ ފިތުރު އީދު ދުވަހަކީ ޖުލައި މަހުގެ ހައެއް ވާ ބުދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި މަޖިލީހަށް ފަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އިސްލާމީ އެއްވެސް ގައުމަކަށް އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މިރޭ ޝައްވާލް މަހުގެ ހަނދު ފެންމަތީގައި ނުހުންނާނެ ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާއަކީ ރަމާޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލް މަހުގެ އެއްވަނަ ދުވަސް ނުވަތަ މި އަހަރުގެ ފިތުުރު ޢީދު ދުވަހަކީ ޖުލައި މަހުގެ ހަވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

ހިޖުރީ މަސްތަކަކީ ހަނދާ ގުޅުންހުރި މަސްތަކަކަށް ވާ އިރު، ކުރިޔަށް ފެށޭ މަހުގެ ހަނދު ސާބިތު ކުރާނީ ނިމެންދާ މަހުގެ 29 ވަނަ ދުވަހު އެވެ. އެގޮތުން ޝައްވާލް މަހުގެ ހަނދު ވެސް ސާބިތު ކުރާނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ އެވެ. އެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތު ވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަސް ވާނީ ޝައްވާލް މަހުގެ އެއްވަނަ ދުވަހަށެވެ. ހަނދު ނުފެނިއްޖެ ނަމަ ރަމަޟާން މަހުގެ 30 ދުވަސް ހަމަކުރުމަށްފަހު، ޝައްވާލް މަސް ވާނީ ޖެހިގެން އަންނަ ދުވަހަށެވެ.

comment ކޮމެންޓް