ގައުމުން ބޭރުގައި ޔޫއޭއީގެ ގައުމީ ހެދުން ލުމާ ދުރުހެލިވުމަށް އެދިއްޖެ

ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަލް މެންހާލީ ވަރަށް ހަރުކަށި ގޮތަކަށް ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ -- ފޮޓޯ: އޮހަޔޯ މީޑިއާ

ދުބާއީ (ޖުލައި 4): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެމްބަރެއް ކަމަށް ޝައްކު ކުރެވިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ރައްޔިތަކުގެ އެމެރިކާގައި ހައްޔަރު ކުރުމާ ގުޅިގެން ޔޫއޭއީގެ ރައްޔިތުން ގައުމުން ބޭރުގައި އެ ގައުމުގެ ގައުމީ ހެދުން އެޅުމާ ދުރުހެލިވުމަށް ޔޫއޭއީން އެދިއްޖެ އެވެ.

އޮހަޔޯގެ ހޮޓަލެއްގައި ހުރި ޔޫއޭއީގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަލް މެންހާލީ ހައްޔަރު ކޮށްފައި ވަނީ އޭނާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވެރިވާ ކަމަށް ބުނި ކަމަށް ހޮޓެލުގެ މުވައްޒަފަކަށް ޝައްކު ކުރެވުމުންނެވެ. އަދި އޭނާގެ ދައްތަ ވަނީ "ފަގުޑިއެއް އަޅައިގެން، ގިނަ ފޯނުތައް ހިފައިގެން ހުރި މީހަކު އައިއެސްއަށް ވާގިވެރިވާ ކަމަށް ބުނަމުންދާ،" ކަމަށް ފުލުހުންނަށް އަންގާފަ އެވެ.

ޔޫއޭއީގެ ރައްޔިތުން ގައުމުން ބޭރުގައި އެގައުމުގެ ގައުމީ ހެދުން އެޅުމާ ދުރުހެލިވުމަށް ޔޫއޭއީން ވަނީ އެދިފަ --

އޭގެ ފަހުން މެންހާލީ ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. އަދި މެންހާލީ ބުނި ގޮތުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ވަރަށް އަނިޔާވެރިކޮށެވެ. އޭގެ ސަބަބުން އޭނާއަށް އަނިޔާތައްވެ، ޒަހަމްވެފައި ހުރި ބައެއް ތަންތަނުން ލޭ އައި ކަމަށް ވެސް މެންހާލީ ބުންޏެވެ. މެންހާލީ އަކީ "ނުރައްކަލެއް" ނޫން ކަން އެނގުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އަދި އޮހަޔޯގެ ފުލުހުންނާއި މޭޔަރު ވަނީ ހާދިސާއާ ގުޅިގެން މާފަށް އެދިފަ އެވެ.

އެ ހާދިސާގެ ފަހުން ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީން ވަނީ އަރަބިން ބޭރު ގައުމުތަކުގައި ދިރިއުޅޭ އިރު ހެދުން އެޅުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޔޫއޭއީގެ ގައުމީ ހެދުން ލުމުން ދުރުހެލިވުމަށް އެދިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް