ޤުރުއާންގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލްއެއް ޕީއެސްއެމް އިން ނެރެފި

ކީރިތި ގުރުއާނުގެ އޯޑިއޯ ވިޒްއަލް ރައީސް ޔާމީން މިއަދު އިފްތިތާހުކޮށް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލްކޮށް މިއަދު ނެރެފި އެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ނެރެފައިވާ އެ ތަރުޖަމާ އިފްތިތާހްކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ.

ރަސްމިއްޔާތުގައި ތަރުޖަމާ ތައްޔާރުކޮށްދިނުމުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުން ކަމަށްވާ ޑރ. މުހައްމަދު ހަނީފާއި އައްޔޫބް އަލީގެ އަގު ވަޒަންކުރައްވައި އެކަމުގެ ހަނދާނީ ފިލައެއް ވަނީ އަރުވައިފަ އެވެ. އެ ފިލާ އެބޭފުޅުންނަށް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން މީގެ ކުރިން ވެސް ގުރުއާންގެ ވަކިވަކި ސޫރަތްތަކަށް އަޑުއަޅައިގެން ނެރެފައިވެ އެވެ.

comment ކޮމެންޓް