އަދަބު ލުއިކޮށްދޭން ހަމަސްފަހުން އެދެވޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުށުގެ ވެށިން އަތުލައިގަތް މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ-- ސަން ފައިލް ފޮޓޯ

ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހީރިއްޔާއަށް ހުށަހެޅުމަށްފަހު އަލުން ހުށަހަޅަން ބޭނުންވާނަމަ ހަމަސްފަހުން ހުށަހެޅޭގޮތަށް ކްލެމެންސީ ބޯޑުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މީގެކުރިން އެއްފަހަރު އަދަބު ލުއިކޮށްދިނުމަށް ރައީސަށް ހުށަހެޅުމަށްފަހު ދެން ހުށަހެޅޭނީ ދެއަހަރުފަހުންނެވެ. ނަމަވެސް ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (މ) އަށް ގެނައި އިސްލާހާ ގުޅިގެން އަދަބު ލުކޮށްދިނުމަށް އެދި ހުށަހަޅާތާރީހުންފެށިގެން ހަމަސް ހަމަވާ ތާރީހުގައި އަނެއްކާވެސް ހުށަހެޅޭނެ އެވެ.

އެ އިސްލާހު ގެނެސް ގަވާއިދު އަލުން ގެޒެޓްކޮށްފަައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އެދުވަހުން ފެށިގެން ގަވާއިދަށް އަަމަލުކުރަމުންދާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

މާއާފަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހެޅުމުން އެކަމާމެދު ރައީސަށް ލަފާދިނުމަކީ ކްލެމެންސީ ބޯޑުގެ ޒިންމާ އެވެ.

comment ކޮމެންޓް