ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ 15 މީހަކަށް އަނިޔާވެއްޖެ

މީގެ ކުރިން ހިނގި އެކްސިޑެންޓުގައި ގެއްލުއްވި އުޅަނދެއް-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ، ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ވިލިމާލެ އާއި ފޭދު ފިނޮޅާ ދެމެދު އެކްސިޑެންޓު ހިންގާފައި ވަނީ 13 މީހުންނާއެކު ދަތުރު ކުރި ލޯންޗަކާއި ދޯންޏެއް ޖެހިގެން ކަމަށާއި އެ އެކްސިޑެންޓު ހިނގީ މިރޭ 7:30 އެހާކަންހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި 15 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވި 15 މީހުންގެ ތެރޭގައި 10 ބިދޭސީން ހިމެނޭ ކަމަށާއި ދެން ތިބި ފަސް މީހުންނަކީ ދިވެހިން ކަމަށް ޒީނަތު ވިދާޅުވި އެވެ.

ޒީނަތު ވިދާޅުވީ އަނިޔާވި މީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށެވެ.

comment ކޮމެންޓް