ސްކިލް ޓްރޭނިން ސެންޓަރުން ސްކޫލް ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް ބާއްވައިފި

ސްކޫލްތަކުގެ ޓާމް ބަންދާ ދިމާކޮށް، ސްކިލް ޓްރޭނިން ސެންޓަރުން މާލޭގެ ސްކޫލް ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

ސްކިލް ޓްރޭނިން ސެންޓަރުގެ ފައުންޑާ ދިމްނާ ފާކިރު މިއަދު ވިދާޅުވީ ސްކޫލް ދަރިވަރުންނަށް އަމާޒު ކޮށްގެން އެ ސެންޓަރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ތަފާތު ހުނަރުތަކެއް ކުދިންނަށް ދަސްކޮށްދީފައި ވާނެ ކަމަށެވެ. ޕްރައިމަރީ ސްކޫލު ދަރިވަރުންނަށް ހާއްސަ ކުރި އެ ޕްރޮގްރާމުގައި 30 ވަރަކަށް ކުދިން ބައިވެރިވި ކަމަށް ދިމްނާ ވިދާޅުވި އެވެ.

ޖޫން 12 އިން 16 އަށް ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމުގައި މުޖުތަމައުގައި އުޅޭއިރު ބަހައްޓަންޖެހޭ އަދަބުތައް ނުވަތަ ސޯޝަލް ސްކިލްސް އާއި، ޓައިމް މެނޭޖްމެންޓާއި، ކްރިއޭޓިވް އާޓްސް ނުވަތަ ފަންނުވެރިކަން ފަދަ ދާއިރާތަކުން ދަރިވަރުންނަށް އެކިއެކި ހުނަރުތައް ދަސްކޮށްދެވިފައި ވެ އެވެ.

ސްކިލް ޓްރޭނިން ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގައި ދަރިވަރުންނަށް ކިޔަވައިދެއްވީ އެ ސެންޓަރުގެ ޓްރޭނަރުންނެވެ.

އިއްޔެ އެ ޕްރޮގްރާމް ނިންމާލާފައިވާ އިރު، ބައިވެރިވި ދަރިވަރުންނަށް ސެޓްފިކޭޓް ދީފައިވެ އެވެ.

comment ކޮމެންޓް