ވިލް ސުމިތްގެ ދިރިއުޅުން ބަދަލުކޮށްލީ މުހައްމަދު އަލީ!

ވިލް ސްމިތް އާއެކު މުހައްމަދު އަލީ ---

އެމެރިކާއަށް އުފަން މަޝްހޫރު ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ މައްޗަށް ހެދި ފިލްމު، "އަލީ"ގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމަށް، ފިލްމުގައި އަލީގެ ރޯލު ކުޅުނު ހޮލީވުޑްގެ ތަރި ވިލް ސުމިތް ބުނެފި އެވެ.

ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.

ފިލްމު، "އަލީ" އިން ފުރަތަމަ ފަހަރަށް އޮސްކާ އަށް ނޮމިނޭޓްވި ސްމިތް ބުނީ، މުހައްމަދު އަލީ މުޅި ދުނިޔެ ސިއްސުވާލި ކަމަށެވެ. އަދި އެއީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ގާތް ރަހުމަތްތެރިއެއް ކަމަށް ސްމިތްގެ ފޭސްބުކްގައި ބުނެފައިވެ އެވެ.

އަންނަ ހުކުރު ދުވަހު، އަލީގެ އުފަން ސަހަރު ލުއީވިލްގެ ކެންޓަކީގައި ބާއްވާ އޭނާގެ ޖަނާޒާތުގައި މުހައްމަދު އަލީގެ ސަންދޯއް އުފުލުމުގައި ވެސް ސުމިތް ބައިވެރިވާނެ އެވެ.

comment ކޮމެންޓް