ޕިރްލޯ އާއި ބަލަޓޮލީ ޔޫރޯއިން ނުފެންނާނެ

ޕިރްލޯ(ކ) އަދި ބަލަޓޮލީ އީޓަލީ ކުޅުނު މެޗެއްގައި ---

ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީން ނެގި ވަގުތީ ސްކޮޑުން މާރިއޯ ބަލަޓޮލީ އާއި އަންދުރޭ ޕިރްލޯ އަށް ޖާގަ ގެއްލިއްޖެ އެވެ.

ލިވަޕޫލް އިން ލޯނެއްގެ ދަށުން އިޓަލީގެ އޭސީ މަލީނަށް ކުޅެމުން އަންނަ ބަލަޓޮލީގެ ކުޅުން ދަށްވެފައިވާ އިރު އޭނާއަށް މި ސީޒަނުގެ ލީގުގައި އޭސީ މިލާނަށް ކުޅެދިން 20 މެޗުގައި ކާމިޔާބު ކޮށްދެވިފައި ވަނީ އެންމެ ގޯލެކެވެ.

ބަލަޓޮލީގެ އިތުރުން ދެން އިޓަލީ ސްކޮޑުން ޖާގަ ގެއްލުނީ އެމެރިކާގެ ނިއުޔޯކް އެފްސީ އަށް ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ މިޑްފީލްޑަރު ޕިރްލޯ އެވެ. ވާދަވެރި ލީގެއްގައި މިވަގުތު ފުޓްބޯޅަ ކުޅެމުން އަންނަ އެންމެ ދުވަސްވީ ކުޅުންތެރިންގެ ތެރޭގައި ޕިރްލޯ ހިމެނޭ އިރު އޭނާ ވަނީ އިޓަލީ ޓީމަށް ކުޅެދިން 116 މެޗުގައި 13 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭ އިއުލާނުކުރި ޓީމުން ޖާގެ ގެއްލުނު އިތުރު ކުޅުންތެރިންނަކީ މާކޯ ވެރާޓީ އާއި ކްލައުޑިއޯ މާކީޝިއޯ އާއި ފަބިއޯ ބޮރީީނީ އާއި އާމަންޑޯ އިޒޯ އަދި ލޮރެންޒޯ ޑި ސިލްވެސްޓްރީ އެވެ.

އިޓަލީގެ 30 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން – ޖިއަންލުއިޖީ ބުފަން (ޔުވެންޓަސް)، ފެޑެރިކޯ މާޗެޓީ (ލާޒިއޯ)، ސަލްވަޓޯ ސިރިގޫ (ޕެރިސް ސެއިންޓް ޖާމެން).

ޑިފެންޑަރުން – ޑޭވިޑް އަސްޓޯރީ (ފިއޮރެންޓީނާ)، އަންދްރޭ ބަރްޒަގްލީ (ޔުވެންޓަސް)، ލިއަނާޑޯ ބޮނޫޗީ (ޔުވެންޓަސް)، ޖޯޖިއޯ ކިއެލީނީ (ޔުވެންޓަސް)، މަޓިއޯ ޑާމިއަން (މެންޗެސްޓާ ޔުނައިޓެޑް)، މަޓިއާ ޑި ސިގްލިއޯ (އޭސީ މިލާން)، އެންޖެލޯ އޮގްބޮނާ (ވެސްޓް ހާމް)، ޑެނިއެލް ރުގާނީ (ޔުވެންޓަސް).

މިޑްފީލްޑަރުން – މާކޯ ބެނަސީ (ޓޮރީނޯ)، ފެޑެރިކޯ ބާނާޑެސްޗީ (ފިއޮރެންޓީނާ)، ޖިއަކޮމޯ ބޮންވެންޓޫރާ (އޭސީ މިލާން)، އެންޓީނިއޯ ކަންޑްރޭވާ (ލާޒިއޯ)، ޑެނިއެލް ޑި ރޮސީ (ރޯމާ)، ސްޓެފަން އައް ޝާރަވީ (ރޯމާ)، އެލެސެންޑްރޯ ފްލޮރެންޒީ (ރޯމާ)، އެމެނުއެލް ގިއަކެރެނީ (ބޮލޮގްނާ)، ޖޯޖް ލުއިޒް ޖޯޖީނިއޯ (ނަޕޯލީ)، ރިކާޑޯ މޮންޓޮލީވޯ (އޭސީ މިލާން)، ތިއާގޯ މޮޓާ (ޕެރިސް ސެއިންޓް ޖާމެން)، މާކޯ ޕެރޮލޯ (ލާޒިއޯ)، ސްޓެފާނޯ ސްޓުރާރޯ (ޔުވެންޓަސް)، ޑޭވިޑް ޒަޕަކޮސްޓާ (ޓޮރީނޯ).

ފޯވަޑުން - އެޑާ (އިންޓަ މިލާން)، ސިރޯ އިމޯބިލް (ޓޮރީނޯ)، ލޮރެންޒޯ އިންސިގްނޭ (ނަޕޯލީ)، ގްރެޒިއާނޯ ޕެލޭ (ސައުތެމްޓަން)، ސިމޮން ޒާޒާ (ޔުވެންޓަސް).

އަންނަ މަހު ދިހައެއްގައި ފަށާ ޔޫރޯގައި އިޓަލީ ހިމެނެނީ ބެލްޖިއަމް އާއި ސްވިޑަން އަދި ރިޕަބްލިކް އޮފް އަޔަލޭންޑާއެކު ގްރޫޕް 'އީ'ގަ އެވެ.

comment ކޮމެންޓް