ނައިޓް މާކެޓް ބާއްވާ ސަރަހައްދުގައި މާރާމާރީއެއް ހިންގައި ބިދޭސީއެއް ޒަހަމްކޮށްލައިފި

މާރާމާރީ ހިންގި ސަރަހައްދު-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނައިޓު މާކެޓު ބާއްވާ ސަރަހައްގުގައި މާރާމާރީއެއް ހިނގައި ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

މަންޒަރު ދުށް މީހަކު މިއަދު ސަން އަށް ކިޔައިދެމުން ބުނީ މިއަދު 12:45 އެހާކަންހާއިރު މާރާމާރީ ހިންގީ ނައިޓް މާކެޓް މޭޒެއްގައި މަސައްކަތްކުރާ ބިދޭސީއަކާއި ތިން ދިވެހިންގެ ގްރޫޕަކާ ދެމެދު ކަމަށެވެ.

"ބޮޑަށް ހީވަނީ ރޭ ހިނގި ކަމަކާ ގުޅިގެން ހިނގި މާރާމާރީއެއްހެން." ނައިޓު މާކެޓުގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

އެ މާރާމާރީގައި ބިދޭސީ މީހާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު މިހާރު އޭނާ އަށް ދަނީ ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

ނައިޓް މާކެޓް ބާއްވާ ސަރަހައްދުގައި މާރާމާރީއެއް ހިނގިކަން ނައިޓް މާކެޓުގެ ސެކިއުރިޓީ ބަލަހައްޓާ ދިވެހި ސެކިއުރިޓީ ޕައިނިއަސް (ޑީއެސްޕީ) އިން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

އެމާރާމާރީއާ ގުޅިގެން ދެ ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް