އިންޓަ ސްކޫލް ޕޭރެންޓް ޓީޗާސް ނެޓްބޯޅަ މުބާރާތުގެ މުދައްރިސުންގެ ބައިގެ ފައިނަލަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލް ދަތުރުކޮށްފި އެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ފައިނަލަށް ދަތުރުކޮށްފައި ވަނީ ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި އިއްޔެ ކުޅުނު ސެމީ ފައިނަލު މެޗުތަކުން މޮޅުވެގެންނެވެ.
މުދައްރިސުންގެ ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 31-33 އިން ހިރިޔާ ސްކޫލުގެ މައްޗަށް ބިލިބޮންގް ވަނީ ކުރި ހޯދައިފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ބިލަބޮންގްގެ ސެންޓާ، ސަފިއްޔާ އަބްދުލް ރަޝީދެވެ.
އެ ބައިގެ ސެމީގެ ދެ ވަނަ މެޗު ވެސް ފާހަގަކޮށްލެވުނީ ވާދަވެރި މެޗަކަށެވެ. އެ މެޗުގައި ތާޖުއްދީން ސްކޫލުގެ މައްޗަށް އަމީނިއްޔާ ކުރި ހޯދީ 20-18 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަމީނިއްޔާގެ ގޯލް އެޓޭކާ، ޖިސްމާ އަލީ އެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި މުދައްރިސުންގެ ބަޔާއި ބެލެނިވެރިންގެ ބައި ހިމެނެ އެވެ. އެ މުބާރާތުގެ ބެލެނިވެރިންގެ ބައިގައި 18 ސްކޫލަކުން ވާދަކުރާއިރު، ޓީޗަރުންގެ ބައިގައި 17 ސްކޫލަކުން ވާދަކުރެ އެވެ.
އެ މުބާރާތުގެ ބެލެނިވެރިންގެ ބަޔާއި މުދައްރިސުންގެ ބައިގެ ފައިނަލު މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވެ އެވެ.