50 ޕަސަންޓުގެ ޑިސްކައުންޓާއި، އެއްލައްކަ ރުފިޔާގެ އިނާމުތަކަކާ އެކު އީވޯ ހޯމްގެ ރޯދަ ޕްރޮމޯ ފަށައިފި

އީވޯ ހޯމް: އީވޯ ހޯމްއިން ވަނީ ވަރަށް ޚާއްސަ ހަރަކާތްތަކަކާ އެކު ރޯދަ ޕްރޮމޯޝަން ފަށާފައި -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފަންސާސް ޕަސަންޓުގެ ޑިސްކައުންޓުތަކާއި، އަދި ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތަކަކާ އެކު، އީވޯ ހޯމްގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އީވޯ ހޯމްއިން މައުލޫމާތު ދޭ ގޮތުގައި، މިއަދު ފެށި ރޯދަ ޕްރޮމޯޝަނުގެ ދަށުން ތަފާތު ހަތަރު ހަރަކާތެއް އީވޯ ހޯމްގައި ހިނގާނެ އެވެ.

އީވޯ ހޯމްގެ މާކެޓިންގ މެނޭޖަރު ރިޒްމާ ރަޝީދު (ރިޒޫ) "ސަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، ޕްރޮމޯޝަން ފެށުމާ އެކު، އޭގެ ދަށުން އީވޯ ހޯމްގައި ވިއްކަން ހުންނަ ގިނަ ޕްރޮޑަކްޓްތަކަށް 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން، އީވޯ ހޯމްއިން ވަނީ، ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ލަކީޑްރޯއެއް ވެސް ފަށައިފަ އެވެ. ރިޒޫ ވިދާޅުވީ، އީވޯ ހޯމްއިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އީވޯ ހޯމްއިން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ކޫޕަން ފުރައިގެން ލަކީޑްރޯގައި ބައިވެރިވެ، ގުރުއަތު ލައިގެން ތިން ނަސީބުވެރިއަކު ހޮވަ އެވެ.

އީވޯގައި ހުރި ބަދިގެ ސެޓެއް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެއްވަނަ ނަސީބުވެރިޔާއަށް، ހުރިހާ އެއްޗެއް އެކުލެވޭ ގޮތަށް ހުންނަ 80،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ހުށަހަޅާފައި ވެ އެވެ. ދެވަނައަށް އަންނަ ނަސީބުވެރިޔާއަށް އޯލް 20،000 ރުފިޔާގެ އަގުހުރި ބެޑްރޫމް ސެޓެއް ހުށަހަޅާފައިވާ އިރު، ތިންވަނަ ނަސީބުވެރިޔާއަށް ހުށަހަޅާފައި ވަނީ، އީވޯގެ ތިން އައުޓްލެޓު ކަމުގައިވާ އީވޯ ހޯމް، އީވޯ ފްލޯރިންގ ނުވަތަ އީވޯ ސޮލިއުޝަންސްއިން ވިޔަފާރި ކުރުމަށް 10،000 ގެ ވައުޗާ އެކެވެ.

ރޯދަ ޕްރޮމޯޝަނުގެ ދަށުން އީވޯއިން ތިންވަނައަށް ކުރިޔަށް ގެންދާ ހަރަކާތަކީ، 5،000 ރުފިޔާގެ ވިޔަފާރި އީވޯ ހޯމްއިން ކޮށްގެން، ވަގުތުން އިނާމު ލިބޭ ހަރަކާތެކެވެ. މިކަމަށް ޚާއްސަކޮށްގެން "ޓެސްޓް ޔޯ ލަކް" ގެ ނަމުގައި އެޕްލިކޭޝަނެއް އީވޯ ހޯމްއިން ބޭނުން ކުރެ އެވެ. 5،000 ރުފިޔާގެ ވިޔަފާރި ކޮށްގެން މި ހަރަކާތުގައި ބައިވެރިވާ ފަރާތަށް، "ޓެސްޓް ޔޯ ލަކް" އެޕްގައިވާ ބަޓަންއަށް ފިއްތާލައިގެން ވަރަށް އަގުހުރި ރެންޑަމް އިނާމެއް ލިބުމުގެ ފުރުސަތު އޮވެ އެވެ.

އީވޯ ހޯމްގައި ވިއްކަން ހުންނަ ވެންޑައިކް ބްރޭންޑުގެ ލިނެން ސެޓުތައް -- ސަން ފޮޓޯ/ފަޔާޒް މޫށަ

އީވޯއިން ރޯދައަށް ޚާއްސަކޮށްގެން ވަނީ، އެތަނުން ވިއްކާ ލިނެން ބެޑްޝީޓުތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފަ އެވެ. ނެދަލެންޑްސްގެ މަޝްހޫރު ވެންޑައިކް ބްރޭންޑުގެ ބެޑް ލިނެން ސެޓުތައް އީވޯ ހޯމްއިން މި މުއްދަތުގައި، 400 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުންވެސް، އީވޯ ހޯމްއިން ވަނީ، ބެޑްރޫމްސްއަށް ބޭނުންވާ ފަރުނީޗަރު، ސެޓުގެ ގޮތުގައި އަލަށް ވިއްކަން ފަށައިފަ އެވެ. އީވޯގެ މާކެޓިންގ މެނޭޖަރު ރިޒޫ ވިދާޅުވީ، އީވޯއިން ބެޑްރޫމް ސޮލިއުޝަންސް މިހާރު ކަސްޓަމަރުންނަށް ހުށަހަޅާ އިރު، ބެޑްރޫމްތަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ސެޓުގެ ގޮތުގައި، ގާތްގަނޑަކަށް 29،000 ރުފިޔާއަށް އީވޯ ހޯމްއިން ލިބެން ހުންނާނެ ކަމަށެވެ.

އީވޯ ހޯމްގައި ވިއްކާ ބައެއް ފަރުނީޗަރު -- ސަން ފޮޓޯ/ފަޔާޒް މޫސާ

މީގެ ތިން އަހަރު ކުރިން މާލޭގައި ހުޅުވި އީވޯ ހޯމްގައި ގިނައިން ހުންނަނީ ޔޫރަޕާއި އެމެރިކާގެ ފަރުނީޗަރާއި ހޯމް ބްރޭންޑުތަކުގެ އިތުރުން، ޖަރުމަނު ވިލާތުގެ އުފެއްދުންތަކެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށާއި ސައިޒަށް ކަސްޓަމް ޑިޒައިންކޮށް ފަރުނީޗަރު ޖަރުމަނުން އުފައްދައިގެން ވެސް ރާއްޖެ ގެނެސްދިނުމުގެ އިތުރުން، އިންޓީރިއާ ޑިޒައިނިންގގެ ޚިދުމަތް އީވޯއިން ހިލޭ ފޯރުކޮށްދެ އެވެ.

comment ކޮމެންޓް