އީއެލްއެފް ބްރޭންޑުގެ ކޮސްމެޓިކްސް ލެކިއުޓުން ރާއްޖެއަށް ތައާރަފު ކޮށްފި

އީއެލްއެފް ބްރޭންޑުގެ ބައެއް މޭކްއަޕް ޕްރޮޑަކްޓްސް: މި ތަކެތި މިހާރު ލެކިއުޓްއިން ލިބެން ހުންނާނެ --

އެމެރިކާގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "އަޔިސް ލިޕްސް ފޭސް" ނުވަތަ އީއެލްއެފް ކޮސްމެޓިކްސްއާއި ބިއުޓީ ޕްރޮޑަކްޓްސް، ލެކިއުޓުން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

ލެކިއުޓުން މިއަދު ބުނީ، ނިއު ޔޯކްގެ އީއެލްއެފްއަކީ، ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ، އަދި ހެޔޮ އަގުގައި ޕްރޮޑަކްޓްސް ފޯރުކޮށްދޭ ކޮސްމެޓިކް ބްރޭންޑެއް ކަމަށާއި، މި ބްރޭންޑުގެ މޭކްއަޕް އަދި ޕްރޮފެޝަނަލް ޓޫލްސްގެ އިތުރުން ކޮސްމެޓިކްސް ލިބެން ހުންނާނެ ކަމަށެވެ.

އީއެލްއެފް ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް ކެރިއާއަކީ ލެކިއުޓެވެ. ލެކިއުޓުން ބުނީ، އީއެލްއެފްގެ އެންމެ ފަހުގެ ހުރިހާ ޕްރޮޑަކްޓެއް ވެސް، ލެކިއުޓުގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެ ކަމަށެވެ.

ލެ ކިއުޓުގެ ފްލެގްޝިޕްއާއި، ލެ ކިއުޓް މާފަންނާއި އަދި ހުޅުމާލޭގައި ހުންނަ ރެޕިއުޓް ފިހާރައިން، އީއެލްއެފްގެ ލިޕްސްޓިކާއި، ކޮންސީލާއާއި، އައި ލައިނާއާއި، ބްރޮންޒާއާއި، ފައުންޑޭޝަނުގެ އިތުރުން ބުމަ ހެދުމުގެ ޕްރޮޑަކްޓްސް ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް