ލެކިޔުޓްގެ ސަޕްރައިޒްއެއް، އެންމެ ފަހުގެ ސެންޓުތައް އަގުހެޔޮކޮށްލައިފި

ލެކިޔުޓް ސަޕްރައިޒް އަވާ --- ފޮޓޯ ލެކިޔުޓް

އެންމެ ފަހުގެ ސެންޓުތައް ހެޔޮއަގުގައި ކަސްޓަމަރުންނަށް ވިއްކލުމަށް "ސަޕްރައިޒް އަވާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެންޓުގެ ވިޔަފާރިކުރާ ލެކިޔުޓް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްގެންދިޔުމުގެ ބޭނުމަކީ އަހަރުގެ ފަހުކޮޅާއި މެދުތެރެއަށް އަމާޒުކޮށްގެން ދުނިޔޭގެ މަޝްހޫރު ސެންޓު ކުންފުނިތަކުން ނެރެފައިވާ ސެންޓުތައް ހެޔޮއަގުގައި ލެކިޔުޓްގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ލެކިޔުޓް އިން އެންމެ ފަހުން ތައާރަފު ކުރި ސެންޓު

ލެކިޔުޓުން އެންމެ ފަހުން ބާޒާރަށް ތައާރަފުކުރި ސެންޓުތަކުގެ ތެރޭގައި ބޭޑް ބޯއީ، ސްކޭންޑަލް އޭ ޕެރިސް، ގުޑް ގާލް ގްލޯރިޔަސް ގޯލްޑް، ލޭޑީ މިލިއަން އެމްޕަޔާ، މޮން ބްލާންކް އެކްސްޕްލޯރާ، 212 ވީ އައި ޕީ ކަލެކްޓަރ އެޑިޝަން، އަކްއާ ޑި ޖިއޯ ހޯމް އެބްސޮލޫ، ސީ ޕެޝަން އަދު މާރކް ޖެކޮބްސް ޑެއިޒީ ލަވް ހިމެނެއެވެ.

ލެކިޔުޓުން ބުނީ މި ޕްރޮމޯޝަން ނިމޭދުވަހާއި ޑިސްކައުންޓް ލިބޭމިންވަރު ސަޕްރައިޒެއްގެ ގޮތުގައި ބަދަލުވަމުންދާނެ ކަމަށެވެ.

ލެކިޔުޓް އިން އެންމެ ފަހުން ތައާރަފު ކުރި ސެންޓު

މި ޕްރޮމޯޝަންގެ ދަށުން މި ދުވަސްވަރު ޑިސްކައުންޓް ލިބެނީ ރޭގަނޑު ނުވަޔަކާއި 10 އާއި ދެމެދު ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެފަރާތްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް މިހާރު ލިބޭނެއެވެ.

ލެކިޔުޓަކީ އޮރިޖިނަލް ސެންޓު ޔަގީންކަމާއެކު ހަމައަގުގައި ވިއްކާ ބަޔެއްގެ ގޮތުގައި ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ފިހާރައެކެވެ. ސެންޓުގެ ވިޔަފާރީގައ ިޒަމާނުއްސުރެ ދިވެހިންގެ އިތުބާރު ހޯދާފައިވާ ލެކިޔުޓުން ބުނީ މިހާރު ކުރިއަށްދާ ސަޕްރައިޒް ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

comment ކޮމެންޓް