ކުރީގެ އަރަބިއްޔާ އާއި ގާކޮށީގެ ބިމުގައި އެޅި ފްލެޓްތައް ސަރުކާރަށް ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ސަރުކާރާ ހަވާލުކޮށްފި އެވެ.

ޖުމްހޫރީމައިދާނުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ފްލެޓްތަކާ ހަވާލުވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ގާ ކޮށްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓު އިމާރާތްކުރުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި 45 ފްލެޓު ވަނީ އިމާރާތްކޮށްފައެވެ. އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ޓާޓާ ކުންފުންޏާއެވެ. ޓާޓާ ކުންފުނިން ރާއްޖޭގައި އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެޕެކްސް ރިއަލިޓީގެ ނަމުގައި ވަނީ ކުންފުންޏެއް ވެސް އުފައްދައިފައެވެ. ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ކުންފުނިންނެވެ.

އަރަބިއްޔާގައި ވަނީ ޖުމްލަ 45 ހައުސިން ޔުނިޓް ވަނީ އަޅާފަ އެވެ. އަދި ގާކޮށީގައި 198 ޔުނިޓް ހުރެއެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ޖުމްލަ 243 ހައުސިން ޔުނިޓް 243 ފަރާތަކަށް ދޫކުރާނެ ކަމަށެވެ.

comment ކޮމެންޓް