މި އަހަރުގެ ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަކުރަން ނިންމައިފި

ޏ.ފުވައްމުލައް. މި އަހަރުގެ ގައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ފުވައްމުލަކުގައި

ގައުމީ އެންޓި-ކޮރަޕްޝަން ދުވަސް ޏ.ފުވައްމުލަކުގައި ފާހަގަކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ގައުމީ އެންޓި-ކޮރަޕްޝަން ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

ފުވައްމުލަކުގައި ގައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިހާރުވެސް އޭސީސީގެ ޓީމެއް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ދުވަހާ ގުޅޭ ރަސްމީ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ.

އެގޮތުން މި މަހުގެ 16 ން 23 އަށް އެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދާ ހަރަކާތްތައް ނިންމާލުމަށްފަހު މާލޭގައިވެސް ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ހަވީރެއް ބޭއްވުމާއި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް އޭސީސީން ވަނީ ރާވާފަ އެވެ.

ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަނީ ރާއްޖޭއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް ރަސްމީ ސިފައެއްގައި ފެށުމުގެ ގޮތުން 21 އެޕްރީލް 1991 ގައި މުއައްސަސާއެއް އުފައްދައި މަސައްކަތް ފެށި ދުވަހާ ގުޅުވައިގެންނެވެ.

comment ކޮމެންޓް