ލިވާ އާއި ކޮލޯން ސާފު ކުރުމަށް ބީޓްރޫޓް!

ބީޓް ޖޫސް ---

އާއްމުކޮށް ކެއްކުމުގައި ބޭނުން ކުރާ ބީޓްރޫޓްގައި އެކުލެވޭ ޑައެޓްރީ ފައިބަރުގައި ޕެކްޓިން ޕޮލީސެކްރައިޑް ކިޔާ މާއްދާއެއް ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން ބީޓްރޫޓް ބޭނުން ކުރުމުން ހަށިގަނޑުގެ ގުނަވަންތައް ސާފުކޮށްދެ އެވެ.

ބީޓްރޫޓް ބޭނުން ކުރުމުން ސާފުކޮށްދޭ ގުނަވަންތަކުގެ ތެރޭގައި ގޮހޮރާއި ފަލަ ގޮހޮރު (ކޮލޯން) އަދި ފުރަމޭ (ލިވާ) ހިމެނެ އެވެ. އެގޮތުން މި ލިޔުމުގައި ފަލަ ގޮހޮރާއި ފުރަމޭ ސާފު ކުރުމަށް ބީޓްރޫޓް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ބުއިމަކަށް ބަލާލާނަމެވެ.

ބޭނުންވާ ތަކެތި:

  • ހަ ކޭލް ފަތް (ލީފް ކެބެޖް)
  • ތިން ކެރެޓު (ތޮށި މަށާފައި)
  • ދެ ރަތް އާފަލު (ތޮށިމަށާ ކޮށާފައި)
  • އެއް ބީޓްރޫޓް (ތޮށިމަށާފައި)
  • ލުނބޮލެއްގެ ދެބައި ކުޅަ އެއްބައި (ތޮށި މަށާފައި)
  • ބައި އިންޗި އިނގުރުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް ގުރައިންޑަރަށް އެޅުމަށް ފަހު ދެ ޖޯޑު ފެން ވެސް އަޅާށެވެ. ދެން ރަނގަޅަށް ފުނޑުކޮށްލާށެވެ. އެއަށް ފަހު ފުރާނާލާށެވެ. (މި ބުއިން ފިނިކޮށް ވެސް ބޭނުން ކުރެވިދާނެ އެވެ.)

މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް

comment ކޮމެންޓް