ޝާލްކޭއިން ޑޯޓްމަންޑް ހިފަހައްޓައިފި

ޖަރުމަން ބުންޑަސްލީގާގައި ޝާލްކޭއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ: އޭޕީ

ޖަރުމަން ބުންޑަސްލީގާގައި ޝާލްކޭއިން ބޮރޫޝިއާ ޑޯޓްމަންޑް ހިފަހައްޓައިފި އެވެ.

ޝާލްކޭގެ އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ.

މި ނަތީޖާއާއެކު ކުޅުނު 29 މެޗުން ލިބުނު 68 ޕޮއިންޓާއެކު ދެ ވަނައިގައި ޑޯޓްމަންޑް އޮތްއިރު، އެއް ވަނައިގައި އޮތް ބަޔާން މިއުނިކްއަށް 29 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ޝާލްކޭ އޮތީ ކުޅުނު 29 މެޗުން ލިބުނު 45 ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ.

ޖަރުމަން ބުންޑަސްލީގާގައި ޝާލްކޭއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ޑިފެންޑަރުންނާއި ގޯލްކީޕަރުގެ ފަރާތުން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގެ 49 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި، ލީޑު ހޯދީ ޑޯޓްމަންޑުންނެވެ. ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ޖަޕާނު ކުޅުންތެރިޔާ ޝިންޖީ ކަގާވާ އެވެ. ޝާލްކޭގެ ގޯލުގެ ތެރެއަށް އޭނާ ފޮނުވާލީ، ގޯލްކީޕަރު ރާލްފް ފާރްމަންގެ ބޯ މަތިން ބޯޅަ ހިއްލާލުމަށްފަހު އެވެ.

ޑޯޓްމަންޑުން ލީޑު ހޯދިތާ ފަސް މިނެޓްތެރޭ ޝާލްކޭއިން ވަނީ ނަތީޖާ ހަމަހަަމަކޮށްފަ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ގޯލްކީޕަރު ރޯމަން ބުރްކީ، ޝާލްކޭއިން ފުރަަތަމަ ފޮނުވާލި ހަމަލާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ސޭން އެވެ.

ޖަރުމަން ބުންޑަސްލީގައި ޝާލްކޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޮރޫޝިއާ ޑޯޓްމަންޑްގެ ކުޅުންތެރިން ދަނޑުން ފައިބަނީ: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން -- ފޮޓޯ: އޭޕީ

މެޗުގެ 56 ވަނަ މިނެޓުގައި ޑޯޓްމަންޑުން އަލުން ލީޑު ހޯދި އެވެ. ބަދަލު ކުޅުންތެރިޔާ ހެންރިކް މިކިތާރިޔަން ދިން ރީތި ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން ޑިފެންޑަރު މެތިއަސް ގިންޓާ އެވެ.

ދެ ވަނަ ފަހަރަށް ޝާލްކޭއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އެ ލަނޑު ޝާލްކޭއިން ކާމިޔާބުކުރީ ޑޯޓްމަންޑުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކްލާސް ޔޭން ހަންޓެލާއަށް ސޮކްރާޓިސް ޕަޕަސްޓަތޮޕޮލަސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ޝާލްކޭއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަންޓެލާ އެވެ.

comment ކޮމެންޓް