Ooredoo
Dhiraagu

ރާއްޖޭގައި ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ: ސަރުކާރު

އެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދި ފުލުހުންގެ ހައްޔަރުގައި ތިބި ބައެއް ސިޔާސީ ފަރާތްތައް. ސަރުކާރުން ވަނީ ރާއްޖޭގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށް ވިދާޅުވެފައި --

ދިވެހިރާއްޖޭގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށާއި، ސިޔާސީ ހައްޔަރީންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމެރިކާގެ ސެނެޓުން ފާސްކުރި ގަރާރަކީ ކަން އޮތް ގޮތުގެ ހަގީގަތް ނުބަލާ ފާސްކޮށްފައިވާ ގަރާރެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ADK GENERAl

އެމެރިކާ ސެނެޓުގެ ގަރާރާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއިން ރާއްޖެއާ މެދު ބަހައްޓާ ސަމާލުކަން ސަރުކާރުން ބަލައިގަންނަ ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ފޯރުކޮށްދޭ އެހީތެރިކަން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް އިއްޔެ ފާސްކުރި ގަރާރުގައިވާ ވާހަކަތަކުން ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތް ކުރިއަށް ގެންގޮސް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ގަރާރުގައި ބަޔާންކޮށްފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ބުނީ، ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމެއް ކަމަށާއި، އެއްވެސް ކޯޓަކުން ކުރާ ހުކުމަކަށް ނުވަތަ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީގެ އަސްލުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެމެރިކާ ސެނެޓުގެ އެޕްރޮޕްރިއޭޝަންސް ސަބް ކޮމެޓީ އޮން ސްޓޭޓުގެ ރޭންކިން މެމްބަރު އަދި ފޮރިން އޮޕަރޭޝަންސް އެންޑް ރިލޭޓެޑް ޕްރޮގްރާމްސް ސެނެޓާ ޕެޓްރިކް ލީހީ އާއި ސެނެޓް އާމްޑް ސާވިސަސް ކޮމެޓީގެ ޗެއާމަން ސެނެޓާ ޖޯން މެކެއިން ހުށަހެޅުއްވި ގަރާރުގައި ވަނީ ނަޝީދަށް އިންސާފު ހޯދައިދިނުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅެއް އަޅައި ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުން ބުނީ ކުރިން ސިޔާސީ މަގާމެއްގައި ހުރި މީހަކު ގާނޫނާ ހިލާފުވެ އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގި ހުކުމެއް އަންނަ ހިސާބުން، އެއީ ސިޔާސީ ހައްޔަރީއަކަށް ހަދަން ނުޖެހޭ ކަމަށެވެ.

"ރާއްޖޭގައި ސިޔާސީ ހައްޔަރީން ތިބޭކަމަށް ދިވެހި ސަރުކާރުން ގަބޫލެއް ނުކުރަން،" އެ ބަޔާނުގައިވެ އެވެ.

ދިވެހިރާއްޖޭގައި 1،800 ސިޔާސީ ހައްޔަރީން ތިބިކަމަށް ސެނެޓުގެ ގަރާރުގައި ބުނެފައިވަނީ ތެދު މައުލޫމާތު ނުހޯދާ ކަމަށާއި، އެއީ ރާއްޖޭގެ ޖަލުތަކުގައި ތިބި ކުށްވެރިންގެ އަދަދަށްވުރެ ވެސް މަތީ އަދަދެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ރާއްޖޭގައި ނުރައްކާތެރި މާހައުލެއް އުފެދެމުން އަންނަ ކަމަށް އެމެރިކާ ސެނެޓުގެ ގަރާރުގައި ބުނެފައިވާ ވާހަކަވެސް ދޮގުކޮށްފަ އެވެ.

އެގޮތުން ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަޝްވަރާގެ މޭޒަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ދައުވަތު ދިން ނަމަވެސް އިދިކޮޅު ޕާޓީތަކުން އެ ދައުވަތު ގަބޫލުކޮށްފައި ނުވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

Redstar
comment ކޮމެންޓް

comment ޖަޑާ

9 year 1 week ago

ޑިމޮކްރެޓިކްނިޒާމަކީ ކަރަޕްޓް ނިޒާމެއް! އޭގެން މެޖޯރެޓީދެނީ މިނިވަން މުއައްސަސާތަކަށް މީހުންލުމަށް ރައީސަށާއި މަޖިލީހަށްބާރުދެނީ އެހިސާބުން އެމީހަކު ބަނދެވޭ! ލިބޭމުސާރައިން ކޮށިއަރާވަރަށް އާއިލާ މާލެގެނެސް ކިޔެވުމާ އެކިކަންކަމުގައި ތާށިވޭ. މިހިސާބުން ވެރިމީހާ އޭނާގާތު ކަމަކު ބުނަންނުޖެހި ވަޒީފާގެދިފާއަށް މަސައްކަތްފަށާނެ! ޖޭ އެސް ސީ؟ ޤއ ގައި 10 މެމްބަރުން އެއިން 7 ސީދާ ރައީސްއާއިގުޅުންހުރި ސިޔާސީމަގުންއާދޭ!!މިއީމިނިޒާމުގެ ޙަޤީޤަތް!! ދެންޖުޑީޝަރީ؟

comment hussain

9 year 1 week ago

Siyaasee hayyareen nakee sarukaaraa dhekolhah bunaa echchakun..faalhu kuraa shuurakun...jalah laa nuvatha gey bandhu koh nuvatha fiththun thakeh kurimathi kuruvun...miraajjeygaa migothah bandhukoh biru dhekkifaa vaa kithanme baeh eba thibi..eburi maumoon ge 30 aharah iyaadha nuvumah alhugadumen hivvaru eba kuran jehey

comment އާން

9 year 1 week ago

މިޤައުމުގައި 1800 ސިޔާސީ ހައްޔަރީން ތިބިކަމަށް ބުނީމަ ދެން މަހީހީ ހަލާކު. މިވަރުގެ ތަނެއްދޮރެއް ނުބަލާ ނެރޭ ގަރާރުތައް ވާނީ ހަމަ ބޭގަރާރު. މިމީހުން މިބުނާގޮތުންވިއްޔާ ކުޑަކުދިން ފަޅާ މީހުންނާއި، ލޫޓުވާމީހުންނާއި، ވަގުންނާއި، މާރާމާރީ ހިންގާ މީހުންނާ މިހުރިހާ އެންމެންނަކީވެސް ސިޔާސީ ހައްޔަރީންތާ. އެހެންވިއްޔާ އެމެރިކާގައިވެސް ހައްޔަރުގަ ތިބި އެންމެންނަކީ ސިޔާސީ ހައްޔަރީންނަށް ވާނީ. އެމީހުން ދޫކޮށްލަން އެންމެ ފުރަތަމަ ގަރާރު ނެރެންވީ.

comment އަލްޖިބްރާ

9 year 1 week ago

ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ! އެކަމަކު އެގޭކަމަކީ ހައޔަރު ކޮށްފާތިބި ޔާމީނުއާއި އިދިކޮޅު މީހުން ދޫކޮށްލާއިފި ( ނަމަ ) ޔާމީނަކަށް ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ވެރިކަމުގައި ނުހުރެވޭނެކަން ! ދެންކޮބާ ސިޔާސީ ހައްޔަރީންނަކީ ؟

comment ފިރާޒު

9 year 1 week ago

އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤްލާލަށް ބުރޫއަރާ ފަދަ އެއްވެސް ޒާތެއްގެ ކަމެއް ކުރުމަކީ އ.ދ ގެ ޗާޓަރާ މުޅިން ޚިލާފުކަމެއް...މިސަރުކާރުން ކުރާ ހުރިހާ ކަމަކީ ރަނގަޅު ކަންތައްތަކަށް ނުވެ ހިނގައިދާނެ...އެކަމަކު އަޅުގަނޑު ނެއެދެން އަޅުގަނޑުމެންގެ ގައުމުގައި މިހިނގާ ކަންތައްތަކުގެ ތެރެއަށް ބޭރުގައުމުތަކުން ގޮތް ކިޔައި އެކަންތައްތަކުގެ ތެރެއަށް ވަންނަން... އެމެރިކާ އިސްވެ އޮވެ އެވިދާޅުވާ ޑިމޮކްރސީ ގެނައި އެއްވެސް ގައުމެއް އަދި މިހާތަނަށް ހިންދެމިލެވިފައެއް ނެތް...ބައްލަވާ ޢިރާޤު، ލީބިއާ، މިސްރު ސީރިއާ މިހާރު އެދަނީ އެބުނާ ޑިމޮކްރަސީ ގެނައުމަށް އެގައުމުގެ އެތައް ރައްޔިތުން ނެއް ކަތިލަމުން...

comment ބިން އިބްރާހިމް

9 year 1 week ago

ސަރުކާރުން ތިޔަބުނާ ސިޔާސީ ކުއްވެރިން ނުތިބޭނޭ ބުނާ ވާހަކަ މުޅިދުނިޔެވެސް ޤަބޫލެއް ނުކުރެއެވެ. ސިޔާސީ ކުއްވެރިން ، ސިޔާސީ ދައުވާ ، އިދިކޮޅު އެންމެން 11 12 13 އަހަރަށް ޖަލަށް، އިދިކޮޅަށް ވާހަކަ ދައްކާ މީހާގެ އަނގަބަންދު، ނޫސްވެރިކަން ހުއްޓުވާލުން، ރައްޔިތުން ފިއްތާލާފައި ބައިތިއްބުން، ތިންބާރު އެކަތިގަނޑަކަށް ހަދާ ފައިދަށަށް ލުން ، ސިޔާސަތަކީ މިއީނޫންތޯއެވެ. މުުޅި ދުނިޔެމިކަމަށް ހެކިވާނެއެވެ. މިއީ ތާރީޚު ގައިލިޔެވިގެން ދާނެ ކަންކަމެވެ.

comment ޖަޑާ

9 year 1 week ago

މިކަން ނޯޓްކޮށްލައްވާ! 2018 ގައި މޑޕ ގެއެއްވެސް ކެނޑިޑޭޓަކު ވާދައެއްނުކުރާނެ!!ނަޝީދުގެ ވަށައިގެން އެނބުރި އެނބުރި ތިބޭނީ އެއްވެސް އެހެންމީހަކަށް އޭނާ ޗާންސެނުއްނުދޭނެ. އިންތިޚާބު ބޮއިކޮޓްކުރާނީ! ޖަމީލުމެންް ޝާހިދުމެނެް ތަސްމީނު މަހޭ ރޮޒޭމެން މޮޔަވާންޖެހޭނީ. އަންނި ބަދަލު ނުހިފާނެ ހަމަ އެއްގޮތްނޯންނާނެ!

comment ޖަޑާ

9 year 1 week ago

އެމެރިާ އޮޅާލާ! ކޮމަންލޯގެ ހަމަތަކާއި އިކުއިޓީގެ އަސާސްތަކުން ނަޝީދު މިހާރު ޢަމަލުކޮށްފައިވާގޮތުން އިތުރު އެއްވެސް މަރުޙަލާއެއްގައި ދުނިޔޭގެ އެއްވެސް ކޯޓަކުން "މިންޖުވުމަށް" އެދުނަސް އެކަމެއްޙާބިލެއްނުވާނެ!! ވާން އޮތަނަމަ އެތަނަނުގޮސް ހުރީސްތަ؟

comment ނިލަންދެ

9 year 1 week ago

އެމެރިކާ ރާއްޖެއާ މެދު ހިތްހަމަ ނުޖެހޭ މައިގަނޑު ދެސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ، ވަހީދުގެ ވެރިކަމުގައި ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް އެމެރިކާގެ ބޭހެއް ހަދަން ރާއްޖެއިންބައެއް ދިނުމަށް ކަނޑައަޅައި އެމް. އޯ. ޔޫ އެއްގައި ސޮއިކޮށްފައިވާ "ސޯފާ" އެގްރިމެންޓަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ އެއްބަސްވުމަކަށް ވާތީ، ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ އެއްބަސްވުން އުވާލުމެވެ. ދެވަނަ ސަބަބަކީ ސީނުކަރަޔާއި ދިވެހިރާއްޖެއާ ދެމެދު އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުންދާ ގުޅުމެވެ. ސީނު ކަރައިން ރާއްޖޭގެ ތަރައްޤީއަށް ކުރަމުންދާ ބޮޑު ހޭދައަކީ އެމެރިކާ ފަދަ ޤައުމުތަކަށް ހަޖަމު ކުރަން ފަސޭހަކަމަކަށް ނުވެއެވެ. އެހެންވެ މިފަދަ އެތައް މަންޒަރެއް ކުރިމަގުގައި ފެންނަމުންދާނެއެވެ. އިރާދަކުރެއްވިއްޔާ ދިވެހިން ތިބޭނީ ދިވެހިންގެ ގޮތުގައެވެ.

comment އަލީ

9 year 1 week ago

ސިޔާސީ ހައްޔަރީން ކަމުގައި ދުނިޔެ ދެކެނީ ސިޔާސީ ލީޑަރުން ސިޔާސީ ބޭނުމަށްޓަކައި ނުހައްގު ބޮޑެތި އަދަބުތައްދީ ބަންދު ކުރުމަށް. މި ކަމަށް ފެތޭ މީހުން ރާއްޖޭގެ ޖަލުތަކުގައި ބައިވަރު އެބަ ތިބި. ކޮން ގައުމެއްގާތޯ މިއީ "ސިޔާސީ ކުށްވެރިއެއް" ކަމަށް ބުނެފައި މީހަކު ބަންދުކޮށްފައި ހުރީ؟

comment ޢައިއެފް

9 year 1 week ago

ސަރުކާރުން ދައްކާ ވާހަކައެއް ދުނިއެއް ގަބޫލެއް ނުކުރާނެ. ތުއްތު ކުއްޖާވެސް ގަބޫލެއް ނުކުރާނެ މިރައީސާއި މިސަރުކާރުން ދައްކާ ވާހަކައެއް.

comment މަރޭ

9 year 1 week ago

މިމެކެއިންވެސް މިއީތަނެއްގަ ނުޖެހި އުޅެ މީހެއް މިކަހަލަ ކަމެއް ކޮށްލީމަ ލާރިގަނޑެއްލިބޭނެ އެހެންވީމަ މީނަވެސް މިހާފޯރިމިނަގަނީ.