އަވަސްކާޓް.އެމްވީން ކުރިއަށް ގެންދާ، ކޮންމެ ވިޔަފާރިއަކުން 500 ރުފިޔާގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.
އަވަސްކާޓް.އެމްވީ އަކީ ގަންނަ ކޮންމެ އެއްޗެއް ރާއްޖޭގެ ކޮންމެ ގެއަކަށް މުޅިން ހިލޭ ގެންގޮސްދޭ ހަމައެކަނި ފިހާރަ އެވެ.
ފޭސްބުކްގައި އަވަސްކާޓުން ކުރިޔަށް ގެންދާ އެ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިގެން 500 ރުފިޔާގެ ޑިސްކައުންޓް ވައުޗަރު ލިބިފައި ވަނީ ނައު ހަލީމްގެ ނަމުގައި ފޭސްބުކް މެދުވެރިކޮށް ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތަށެވެ.

އަވަސްކާޓުން ބުނީ އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ދެ ހަފްތާގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއްފަހަރު އަވަސްކާޓޫގެ ފޭސްބުކް ޕޭޖުގެ އެންމެ މަތީގައިވާ ޑިސްކައުންޓް ވައުޗަރުގައި 10 ރައްޓެއްސަކު ޓެގް ކޮށްލުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށް އަވަސްކާޓުން ބުނެ އެވެ.
އެ ޕްރޮމޯޝަނުގެ ދަށުން އަވަސްކާޓުގައި ހިމެނޭ ކޮންމެ ފިހާރައަކުން ވެސް 500 ރުފިޔާ ހަމަވަންދެން ހިލޭ މުދާ ނެގޭއިރު، މީގެ ތެރޭގައި ސިންގަޕޫރާއި، މެލޭޝިޔާ، ޗައިނާގެ ބޮޑެތި ޝޮޕިންގ ސެންޓަރު ތަކާއި ރާއްޖޭގެ އެކި ރަށްރަށުގެ 100 އެއްހާ ފިހާރަ ހިމެނެ އެވެ.
ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ނަސީބުވެރިއަކަށް ހޮވޭ ފަރާތުން ހިލޭ ނަގާ 500 ރުފިޔާގެ މުދާ ވެސް ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ވެސް ހިލޭ ގެންގޮސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.