ހުމާމް ސުޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލައާ ގުޅޭ މައުލޫމާތު ދީފި

ހުސައިން ހުމާމް އަހްމަދު--- ސަން ފައިލް ފޮޓޯ

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލައާ ގުޅޭ މައުލޫމާތު ދީފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހު 2:00 ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގެ މައުލޫމާތު ދިނުމުގެ އިތުރުން އެ މައްސަލާގައި ހިމެނޭ ލިޔުންތައް ވެސް ހުމާމާ ވަނީ ހަވާލުކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

comment ކޮމެންޓް