ސްކޫލް ޗުއްޓީއާ ދިމާކޮށް މެގަ މޯލްޑިވްސްގައި 299 ޑޮލަރަށް ކުއަލަ ލަމްޕޫރަށް!

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ: މެގަމޯލްޑިވްސް

ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް މެގަ މޯލްޑިވްސް އިން 299 ޑޮލަރަށް (4610 ރުފިޔާއަށް) މެލޭޝިޔާގެ ކުއަލަ ލަމްޕޫރަށް ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސްކޫލް ބަންދު ހަފްތާގައި ވިޔަފާރި ކޮށްލުމަށާއި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މި މަހުގެ 17 ވަނަ ދުވަހު 299 ޑޮލަރުން ފެށިގެން ކުއަލަ ލަމްޕޫރަށް ދެކޮޅު ޓިކެޓް ލިބޭ ދަތުރުތަކެއް ބާއްވަން ނިންމާފައި ވާއިރު، ޕްރޮމޯޝަންގެ ދަށުން ބެއިޖިން އަދި ޝެންހާއީ އަށް ކުރާ ދަތުރުގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.

ޝެންހާއީ އަދި ބެއިޖިންގެ ދެކޮޅު ޓިކެޓް ވިއްކަނީ 736 ޑޮލަރަށެވެ.

ޓިކެޓުގެ ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުންގެ ފެށިގެން ހުޅުވާލާނެ ކަމަށް މެގަ މޯލްޑިވްސް އިން ބުނެ އެވެ. އެގޮތުން އެދުވަހުން ފެށިގެން ހ. ސަކީނާ މަންޒިލްގައި ހުންނަ މެގަ މޯލްޑިވްސްގެ ރިޒަވޭޝަން އޮފީހުން ހެޔޮ އަގުގައި ޓިކެޓް ލިބެން ހުންނާނެ އެވެ.

އެ އޮފީހަށް ގުޅައިގެން އަދި އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށްވެސް ރިޒަވޭޝަން ހެއްދޭނެ އެވެ.

comment ކޮމެންޓް