ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މިމަހު 16 ގައި

ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް އިސްވެރިން، ބެޑްމިންޓަން މުބާރާތެއްގެ ފެށުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތީޚަބު މިމަހު 16 ވަނަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން އިއުލާންކޮށްފިއެވެ.

ސޯޅަ ވަނަ ދުވަހުގެ ރޭ ހެންވޭރު ބޯޅަ ދަނޑުގެ ސެމީނާ ރޫމްގައި ބާއްވާ އިންތިޚާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންދާނީ ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖީސްޓްރީކޮށްފައިވާ ބެޑްމިންޓަން ކްލަބު އަދި ވަކިވަކި މެންބަރުންގެ ތެރެއިން އަހަރީ ފި ދައްކާފައިވާ ކުލަބު ތަކަށާއި މެންބަރުންނަށެވެ.

ކްލަބުތަކާއި ޑިވެލޮޕްމެންޓް ކޮމިޓީތަކުން ވޯޓްލާނެ މެންބަރެއްގެ މައުލޫމާތު ކޮންގްރެސްގެ 48 ގަޑިއިރުގެ ކުރިން ފޮނުވުމަށް ބެޑްމިންތަން އެސޯސިއޭޝަނުން އެދެއެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހަމަވެފައެވެ. ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ރައީސް މޫސާ ނާޝިދުގެ އިތުރުން ހަސަން ރިޔާޒުއެވެ.

އަދި ނައިބުރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ މިހާރުގެ ނައިބުރައީސް އަޙްމަދު ޝާކިރު މޫސާގެ އިތުރުން މަމްދޫން ރަޝީދެވެ.

އެހެން މަގާމުތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުން

ހަޒާންދާރު:

މުޙައްމަދު ސަޢީދު، ދަފުތަރު 1510

މޫސާ ރަމީޒު، ގ. ތުރަސް

އެކްސްކޯގައި ފުރިހަމަ މެންބަރުން ތަމްސީލު ކުރާ މެންބަރުން:

ޙުސައިން ޢާޠިފް، މ. އާރު

ހާރިޘް މުޙައްމަދު، ދަފުތަރު 4289

އެކްސްކޯގެ އެގްޒެކެޓިވް މެންބަރުން ތަމްސީލު ކުރާ މެންބަރުން:

ޢަލީ ޢަބްދުލް ކަރީމް، ޖޭމްގެ، ގދ. ވާދޫ

ޢިބްރާހީމް އާސިފް، މ. މަޑިހުރާ

އެކްސްކޯގައި އަންހެން މެންބަރުން ތަމްސީލު ކުރާ މެންބަރުން:

ޖެނީޝާ ޝަހީދު ޒަކީ، ނޫރާނީގެ

ރަހީމާ އާދަމް، މ. މާހިރާ

comment ކޮމެންޓް