ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކޮށްފައިވާ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހައިކޯޓުންނެވެ.
އެ މައްސަލާގައި ހައްޔަރުކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ދޫކޮށްލާފައެވެ.
އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ތުހުމަތު ކުރެވެއެވެ.
ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމާއި އެހެންކަމުން އެކޯޓު އަމުރާ އެއްގޮތަށް ރައީސް ޔާމީން ހައްޔަރުކުރުމަށް ބާރު އަޅުއްވައި ރައީސް ނަޝީދު ސިފައިންގެ އިސް އޮފިސަރަކަށް ގުޅުއްވާފައިވާ ކަމަށެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ގުޅުއްވައި އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ރައީސް ނަޝީދު ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.