ގިނަ އަދަދެއްގެ ފައިސާއާއެކު މީހެއްގެ އަތްދަބަސް ފޭރުނު މީހަކު ހައްޔަރުކޮށްފި

ހަބީބު ބޭންކު ކައިރިން ގިނަ އަދެދެއްގެ ފައިސާއާއެކު މީހެއްގެ އަތް ދަބަސް ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މަސައްލާގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެމީހާ ހައްޔަރު ކޮށްފައި ވަނީ އަތްދަބަސް ފޭރިގަތުމަށްފަހު ސައިކަލެއްގައި ފިލަން އުޅެނިކޮށް އޭނާގެ ފަހަތުން ސައިކަލެއްގައި ދުއްވާފައި ދިޔަ ފުލުހެއް ގެ މަސައްކަތުން ކަމަށެވެ.

އެގޮތުން އޭނާ ފިލަން ވަތް ގެއިން ހައްޔަރު ކުރުމަށްފަހު ހަށިގަނޑު ބަލައި ފާސް ކުރިއިރު ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު ފަހަތު ޖީބުން 30،000 ރުފިޔާ ފެނިފައިވާ އިރު ވާތްފަރާތު ފަހަތު ޖީބުން 10،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ، އެވަގުތު އޭނާ ހުރި ކޮޓަރި ބަލައި ފާސް ކުރިއިރު އެ ކޮޓަރިތެރެއިން ފޭރުނު ދަބަސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް