މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކު ކަރަންޓު ކެނޑިފައިވާ ގދ. ތިނަދޫއަށް ފަސް ދުވަސް ފަހުން ކަރަންޓު ދީފި އެވެ.
މިއަދު 18:00 ކަންހާއިރު ކަރަންޓު ދިނުން އިފްތިތާހު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.
ތިނަދޫ ފެނަކަ ކޯޕަރޭޝަންއިން މައުލޫމާތު ދޭގޮތުގައި ކުރިއަށްއޮތްތަނުގައި 24 ގަޑިއިރު ކަރަންޓު ދެވިގެންދާނެއެވެ.
މުޅި ތިނަދޫއިން ކަރަންޓު ކެނޑިފައިވަނީ އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެއިންޖީނުގޭ އެނދުމުންނެވެ. އެހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.
ތިނަދޫއަށް މިއަދު ކަރަންޓު ދީފައިވަނީ އިއްޔެ އެރަށަށް ގެނައި އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
ތިނަދޫއިން ކަރަންޓު ކެނޑުމާއެކު އާންމު ރައްޔިތުން ވަނީ ވަރަށް ހާލުގައިޖެހިފައެވެ. އެގޮތުން ރޭގަނޑު ނިދުމާއި ފެންވަރާ ހެދުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިވެފައެވެ.