ވައްކަމުގެ މައްސަލަތައް ގިނަ ގދ. ތިނަދޫއިން ކަރަންޓު ކެނޑުނުފަހުން މިވީ ތިން ވަރަކަށް ދުވަހުގެ ތެރޭގައި ހުށަހެޅުނީ ވައްކަމުގެ އެންމެ މައްސަލައެއް ކަމަށް ފުލުހުން ބުނެފިއެވެ.
އަޕާ ސައުތު ޕޮލިސް ކޮމާންޑަރު ހަސަން ހަނީފް ސަންއަށް މިއަދު ވިދާޅުވީ އެހެން ދުވަސްވަރާ އަޅާބަލާއިރު ވައްކަމުގެ މައްސަލަތައް މިދުވަސްވަރު ތިނަދޫގައި މަދު ކަމަށާއި ކަރަންޓުކެނޑި ރަށު ތެރެ އަދިރިވިފަހުން ވެސް ހުށަހެޅިފައިވަނީ ވައްކަމުގެ އެންމެ މައްސަލައެއް ކަމަށެވެ.
ހަނީފް ވިދާޅުވީ އެއީވެސް ވައްކަމުގެ ކުޑަ މައްސަލައެއް ކަމަށާއި އެމައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ފުލުހުން ވަރަށް ބޮޑަށް ރަށުތެރެ ޕެޓްރޯލް ކުރަމުން އަންނަ ކަމަށްވެސް ހަނީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން މިހާރު ކުރިއަށްގެންދާގޮތަށް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންދާއިރު ވައްކަމުގެ މައްސަލަތައް ހިނގުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކު މުޅި ތިނަދޫއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.