ރާއްޖޭގެ މެދުތެރޭ ސަރަހަައްދުތަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި

ވިއްސާރަ ދުވަހެއްގައި ރަށެއްގެ ފަޅުގައި އަޅާފައި އޮތް ދޯންޏެއް. ސަން ފައިލް ފޮޓޯ

ރާއްޖޭގެ މެދުތެރޭ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި މޫސުން ގޯސްވާނެތީ މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރިލޮޖިލަލް ސާވިސަސް (އެމްއެމްއެސް) އިން ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިއަދު ނެރުނު އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރު 12.30 އިން ފެށިގެން މިއަދުގެ ހަވީރު 16.30 އާ ހަމައަށް ވ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައިވާ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށެވެ.

މިމަހުގެ ކުރީ ކޮޅު ވެސް ލ. އަތޮޅަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

މެދުތެރޭ ސަރަހައްދުތަކަށް މިއަދު މޫސުން ގޯސްވެފައިވާ އިރު މާލެ ހިމެނޭ ސަރަހައްދަށް އިއްޔެ އާއި ރޭ ވަނީ ގަދަވަޔާއި ގުގުރުމާއި އެކު ވާރޭ ވެހިފަ އެވެ.

comment ކޮމެންޓް