ސިންގަޕޯ އެއާލައިންގެ އޭޖެންޓަކަށް މޯލްޑިވިއަން

ސިންގަޕޫރު އެއާލައިންގެ ބޯޓެއް ވައިގެ ތެރޭގައި --

ސިންގަޕޯ އެއާލައިންގެ ޕެސެންޖާ ސާވިސް އެޖެންޓް އަކަށް މޯލްޑިވިއަން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ސޭލްސް އެގްޒެކެޓިވް މުނާ މުނީރު މިއަދު ސަންއަށް ވިދާޅުވީ، "މޯލްޑިވިއަން ހޮލިޑޭސް" ސިންގަޕޯ އެއާލައިންސްގެ އެޖެންޓަކަށް ވެފައިވާ ކަމަށާއި އެހެންކަމުން މޯލްޑިވިއަން ހޮލިޑޭސް އިން ސިންގަޕޯ އެއާލައިންސްގެ ހުރިހާ ހިދުމަތެއް ދެވިގެންދާނެ ކަމަށެވެ.

"އެދަތުރު ކުރާ ދުވަހަކަށް އެއިންނަ ސިންގަޕޯ އެއާލައިންސްއިން ދޭ ފެއާގައި ދޭނެ،" މުނާ ވިދާޅުވިއެވެ.

މޯލްޑިވިއަން ހޮލިޑޭސް އިން އޭޖެންޓްކަން ކުރާ އެއާލައިންސްތަކުގެ ތެރޭގައި އިއްތިހާދު އެއާލައިން އާއި ސްރީލަންކަން އެއާލައިންސްގެ އިތުރުން މިހާރު ސިންގަޕޯ އެއާލައިން ހިމެނެއެވެ.

އެއެއާލައިން ތަކުގެ އޭޖެންޓްކަން ކުރާއިރު ހުރިހާ އެއާލައިންއެއްގެ ޓިކެޓް މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް "ބުކް" ކުރެވެއެވެ.

comment ކޮމެންޓް