ބީބީސީ އިން ހޮވާ އަހަރުގެ ކުޅިވަރު ސަޚްސިއްޔަތަކަށް އެންޑީ މަރޭ

ބީބީސީ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ސަޚްސިއްޔަތުގެ އެވޯޑް އެންޑީ މުރޭ ހޯދުމަށްފަހު އެވޯޑް ހިފައިގެން --- ފޮޓޯ:އޭޕީ

ބީބީސީ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ސަޚްސިއްޔަތަކަށް ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ހޮވިއްޖެ އެވެ.

އިނގިރޭސި ވިލާތަށް 79 އަހަރަށްފަހު ދުނިޔޭގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ޓެނިސް މުބާރާތް ޑޭވިސް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މަރޭ ވަނީ ބީބީސީން ހޮވާ އަހަރުގެ ކުޅިވަރު ސަޚްސިއްޔަތު މީގެ ކުރިން 2013 ވަނަ އަހަރު ވެސް ހޯދާފަ އެވެ.

ދެ ފަހަރު ގްރޭންޑް ސުލޭމް އެވޯޑް ހޯދާފައިވާ މަރޭ މިއަހަރު ތެރޭގައި ހޯދި ކާމިޔާބީ ތަކުގެ ތެރޭގައި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ އިތުރުން ވެމްބަލްޑަން ޓެނިސް މުބާރާތާއި ފުރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ވަނީ ދަތުރު ކޮށްފަ އެވެ.

ދުނިޔޭގެ ޓެނިސް ރޭންކިންގައި ދެ ވަނާގައި އޮތް މަރޭ ޑޭވިސް ކަޕް ކާމިޔާބު ކުރުމުގައި އޭނާ ހިމެނިގެން ކުޅުނު 11 މެޗްވެސް ވަނީ ކާމިޔާބު ކޮށްފައިވާ މަރޭ ބުނީ އޭނާ އުންމީދު ނުކޮށް ހުއްޓާ އެ މަގާމު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"މިއީ ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އަހަރެން ކުރި ބުރަ މަސަތްކަތުގެ ނަތީޖާ. ޓެނިހުގެ އެންމެ ފުލުގައި އޮވެފައި އެންމު އުހަށް މި އެރީ. މިކަމުގައި އަހަރެންނަށް އެހީތެރިވެދިން ހުރުހާ އެންމެންނަށް ވެސް ވަރަށް ބޮޑަށް ސުކުރު އަދާ ކުރަން ބޭނުން،" މަރޭ ބުންޏެވެ.

މި ހަފްލާގައި ހޮވި އެންމެ މޮޅު ކޯޗްގެ މަގާމު ލިބުނީ 30 އަހަރަށް ފަހު ޔޫރޯ މުބާރާތަށް ނޯދަން އަޔަލޭނެޑް ގެންގޮސްދިން ކޯޗް މައިކަލް އޮނިއިލްއަށްށެވެ.

comment ކޮމެންޓް