ވިލިނގިލީގައި ކަރަންޓް ޖެހުނު އިންޖީނުގޭގެ މުވައްޒަފު މަރުވެއްޖެ

ކަރަންޓުޖެހުނު މީހަކަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނީ --- ފޮޓޯ: އެފްބީ

ގއ. ވިލިނގިލީ މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް، ކަރަންޓްގެ މަސައްކަތެއް ކުރަމުންދަނިކޮށް ކަރަންޓް ޖެހުނު އެރަށު އިންޖީނުގޭގެ މުވައްޒަފު މަރުވެއްޖެ އެވެ.

ވިލިނގިލީ އިންޖީނުގޭގެ މެނޭޖަރު ހައިތަމް އަބްދުﷲ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެ ރަށު މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ބުރުވި ކަރަންޓު ކޭބަލެއް ގުޅުވުމުގެ ތެރޭގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ ވިލިނގިލީ ޕޮލިސްޓޭޝަނުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް