ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ދެމި އޮތުން ޔަގީންކޮށްފި

މި ސީޒަންގައި ވެލެންސިއާ ކުޅުނު މެޗެއްގެ ތރެއިން. އެޓިމު ވަނީ ފުރަތަމަ ޑިވިޝަންގައި ދެމި އޮތުން ޔަގީންކޮށްފަ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާމ

މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-1 ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު ވެލެންސިއާ ފުރަތަމަ ޑިވިޝަންގައި ދެމި އޮތުން ކަށަވަރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އިން ވަނީ މެޗް ފެށިގެން ފުރަތަމަ 15 މިނެޓް ތެރޭގައި ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ މިނެޓްގައި ޙަސަން ޞޮލާހް (ސޮލާ) ވަނީ ވެލެންސިއާއަށް ލީޑު ނަގައިދީފަ އެވެ. މެޗްގެ އަށް ވަނަ މިނެޓުގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބު ކުރީ ސޮލާއެވެ.

ވެލެންސިއާގެ ތިން ވަނަ ލަނޑު 14 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ މިރުޗޭވް ވަލްޑިސްލާވް މިޓްކޯވްއެވެ.

މެޗްގެ 41 ވަނަ މިނެޓްގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަވީލޯ ހުރަސް ކުރި ބޯޅަ މަހިބަދޫގެ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެން މިޓްކޯވް އެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގައި މިރުޗޭވް އަށް ވަނީ ނަތިޖާ ތަފާތު ބޮޑު ކުރުމަށް އިތުރު ހުސް ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.

ނަމަވެސް ހުސްކޮށް ހުރެ ލިބުނު ބޯޅާތައް ގޯލަ އަމާޒު ކުރެވޭ ގޮތެއް ނުވިއެވެ.

ދެ ވަނަ ހާފު ފާހަގަ ކުރެވުނީ މަހިބަދޫގެ ކުޅުން ރަނގަޅުކޮށް ވެލެންސިއާގެ ހަމަލާތައް ހުއްޓުވި ތަނެވެ.

ވެލެންސިއާގެ ފަސް ވަނަ ގޯލަކީ މެޗުގެ 64 ވަނަ މިނެޓުގައި ވެލެންސިއާގެ ޢަބްދުލް ވާހިދު (ވާޑް) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މަހިބަދޫގެ ޑިފެންޑަރު ނިޒާމުއްދީން ފަހީމް ދިފާއު ކުރަން އުޅުމުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ފުރަތަމަ ޑިވިޝަންގައި މަހިބަދޫ ކުޅުނު ފަހު މެޗުގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ 71 ވަނަ މިނެޓުގައި މުޙައްމަދު ނައުޝާދު ވެލެންސިއާ ގޯލް ކުރި މައްޗަށް ހުރަސް ކުރިބޯޅަ ގޯލު ތެރެއަށް ފޮނުވާލީ ޑަސިލްވާ ބިނާ އެންޑަސްންއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ މެނޭޖަރު ޢަބްދުﷲ ޝިބާއު ބުނީ މެޗުން ފޭބީ ކުރަން ހާސިލު ކުރަން ބޭނުންވި ކަންތައް ހާސިލުކޮށްގެން ކަމަށެވެ.

ޝިބާއު ބުނީ ވެލެންސިއާއަށް ސީޒަނަށް ތައްޔާރުވުމަށް ކުރި މަސައްކަތާ ބަލާފައި އެ ޓީމު ގަދަ ހަތަރެއްގެ ތެރެއަށް ވަދެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މަހިބަދޫގެ ކޯޗް ހުސައިން އައްބާސް ބުނީ ދެ ވަނަ ހާފުގައި ޓީމުގެ ފަރަތުން ހިތް ހަމަޖެހޭ ކަމަށެވ.

މަހިބަދޫ ދެ ވަނަ ޑިވިޗަނަށް ރެލިގޭޓް ވެފައިވާއިރު އެޓީމު ދެ ވަނަ ޑިވިޝަންގައި ފެންނާނެތޯ ސުވާލު ކުރުމުން ޙުސައިން ބުނީ އަދި އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ވެލެންސިއާ ތާވަލްގެ ފަސް ވަނާގައި އޮތީ 16 ޕޮއިންޓާއެކު އެވެ.

ފުރަތަމަ ޑިވިޝަނުން ހަ ކުލަބަށް ޖާގަ ޔަގީން ވާއިރު ގަދަ ހައެއްގައި ފަހު ޖާގަ ޔަގީން ކުރުމަށް މިރޭ ނުކުންނާނީ ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓްރީއާ ބީޖީ ސްޕޯޓްސް އެވެ.

މި މެޗުން އެއްވަރުވިޔަސް ގަދަ ހައެއްގެ ޖާގަ ލިބޭނީ ވިކްޓްރީއަށެވެ. ފުރަތަމަ ޑިވިޝަންގެ ޖާގައެއް ކަށަވަރު ކުރުމަށް ބީޖީއަށް އޮތީ މިރޭގެ މެޗުން މޮޅުވުމެވެ.

މެޗް ފެށޭނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް