ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންތި ހޯދައިފި

ގައުމީ ނެޓްބޯޅަ މުބާާރަތުގެ ޗެމްޕިއަންކަން ހޯދި ފިއޮންތި މުބާާރތުގެ ތަށި އުފުލާލަނީ --- ފޮޓޯ/ ނެޓްޞޯޅަ އެސޯސިއޭޝަން

ފައިނަލްގައި ގައުމީ ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފިއޮންތި ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ރޭ ކުޅުނު މުބާރަތުގެ ފައިނަލް ވާދަވެރި ކުޅުމަކަށް ފަހު ފިއޮންތި އިން ކާމިޔާބު ކުރީ އެއް ޕޮއިންޓްގެ ތަފާތަކުންންނެވެ.

ފިއޮންތި އިން 45 ޕޮއިންޓް ހޯދި އިރު ކުޅުދުއްފުށީ ޓީމުން ހޯދާފައި ވަނީ 44 ޕޮއިންޓެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކޭވައިއާރްސީގެ އާމިނަތު ހަލީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ ފިއޮންތިގެ އާމިނަތު ނަޒުރާއާއި ހަމްނާ ޢަބްދުﷲއާއި އީމާ ޢަބްދުސައްތާރު އެވެ. ކުޅުދުއްފުށީ ޓީމުން ހިމެނިފައި ވަނީ އާމިނަތު ހަލީމްގެ އިތުރުން ރާޝިދާ މޫސާއާއި އާމިނަތު ރަބާބް އިބްރާހިމް އެވެ. ދެން ހިމިނިފައި ވަނީ ޓީރެކްސްގެ ޢައިޝަތު ފަޒީލަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޝަކަށް ހޮވިފައި ވަނީ ކުޅުދުއްފުށީ ޓީމްގެ ކޯޗް ފަޒުނާ ޖަލީލް އެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީރެކްސްއެވެ.

comment ކޮމެންޓް