ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާ ފަހުމީއަށް ދިނުމަށް ހުކުމް ކޮށްފި

މުޙައްމަދު ފަހުމީ ޙަސަން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސަކަށް މުހައްމަދު ފަހުމީ ހަސަން ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، އޭނާ މަގާމުން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަހުމީއަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފަހުމީ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އޭނާ އަކީ މަގާމުގައި ދެމި ހުރި މީހެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަހުމީއަށް ދިނުމަށް ސިވިލް ކޯޓުން ކަނޑައެޅި ފައިސާގެ ޖުމްލަ އަދަދަކީ 421،733.33 ރުފިޔާ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ވަނީ ސީއެސްސީގެ ރައީސްގެ ގޮތުގައި މެންބަރުކަމުން ލިބެންވާ ދެ އަހަރާއި ހަ މަސް ދުވަހުގެ މުސާރަ އާއި ފަހުމީ އަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލެއްގެ ގޮތުން، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފަހުމީ ހަމަޖައްސައި އެއަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ހިނގަން ފެށުމާ ހަމަޔަށް މަހަކު 51،400 ރުފިޔާގެ ގެ މަގުން 171،333.33 ރުފިޔާ ފަހުމީއަށް ލިބެންޖެހޭ ކަމަށެ

ޑެޕިއުޓީ ހައި ކޮމިޝަނަރެއްގެ އަސާސީ މުސާރަ އަކީ 18،000 ރުފިޔާ ކަމަށް ވެފައި ކުރީގެ މަގާމުގެ މުސާރަ އަކީ 30،000 ރުފިޔާ ކަމަށް ވާތީ އެ ދެ މުސާރައިގެ ތަފާތު ކަމަށްވާ 12،000 ރުފިޔާގެ މަގުން ޑެޕިއުޓީ ހައި ކޮމިޝަނަރެއްގެ މުސާރަ ހިނގަން ފެށި ދުވަހާ ހަމަޔަށް ހިނގާފައިވާ 20 މަހާއި 26 ދުވަހަށް 250،400 ރުފިޔާ ދޭންޖެހޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ފަހުމީއަށް އެ ފައިސާ ދީ ޚަލާސްކުރުމަށް ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ފަހުމީ މިހާރު ފުރުއްވަމުންގެންދަވަނީ ރާއްޖެއިން މެލޭޝިއާއަށް ކަނައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު