ޖެޓް ފިއުލް ވަގަށް ނެގި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ބޯޓެއްގެ ފިޔަގަނޑު --

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ޖެޓް ފިއުލް ވަގަށް ނެގި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދެ ދިވެހިން ކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފަ އެވެ. ނަމަވެސް ފިއުލް ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފިއުލްއެއް ކަމެއް އަދި އެ މީހުންގެ ވަނަވަރެެއް ފުލުހުން ނުބުނެ އެވެ.

"ސަން" އެނގިފައިވާ ގޮތުގައި އެއާޕޯޓް ފިއުލް ފާމުން ފިއުލް ވަގަށް ނެގި ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގެ ފަހަތުގައި ހިމެނެނީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެ އެވެ.

comment ކޮމެންޓް