އެއާޕޯޓުން ޖެޓް ފިއުލް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ބޯއިން 777 ގެ މަތިންދާ ބޯޓެއް --

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ޖެޓް ފިއުލް ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ސަން" އެނގިފައިވާ ގޮތުގައި އެއާޕޯޓު ފިއުލް ފާމުން ފިއުލް ވަގަށް ނެގި ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގެ ފަހަތުގައި ހިމެނެނީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެ އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުން މިހާރު ބަލަމުން ގެންދާ މައްސަލައެއް ކަމަށްވުމާ ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް