ފިސްތޯލައަަކާ އެކު ރޭ ހައްޔަރު ކުރި ދެ މީހުންގެ ބަަންދަށް 15 ދުވަސް ޖަހައިފި

ފުލުހުން ރޭ ބަލައިފާސްކުރި ގެއެއްގެ ކައިރީ ބަޑިހިފައިގެން ސިފައިންގެ މީހަކު ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސަލާމަތީބާރުތަކުން ރޭ، ފިސްތޯލައަކާ އެކު ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިދީފި އެެވެ.

ސަލާމަތީ ބާރުތަކުން ރޭ ހިންގި އޮޕަރޭޝަނުގައި މއ. ރައުފަތުގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެމަފިރިއެކެވެ. އެއީ ހ. ހިލްޓަން އަޒްލިފް ރައޫފްގެ ކޮއްކޮ އިންތީފް ރައޫފްއާއި އޭނާގެ އަންހެނުންނެވެ.

"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭ ހައްޔަރުކުރި އަންހެނަކާއި ފިރިހެނެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަަށް ސަލާމަތީ ބާރުތަކުން ދަނީ ސިލްސިލާކޮށް މާލެއާއި އަތޮޅުތެރޭގެ އެކިތަންތަން ބަލައި ފާސްކުރަމުންނެވެ.

އެމްއެމްޕީއާރުސީން ގެނައި ބަޑިބޭސް ކޮންޓޭނަރެއްގައި ބަޑިބޭހުގެ އިތުރުން ހުރީ ކޯއްޗެއް ކަމެއް ނޭނގޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްްޔޫމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާގައި ބައެއް މީހުން ހައްޔަރުކޮށް ދަނީ ތަހުގީގު ކުރަމުންނެވެ.

ގައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބު ހުރީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް