މޫސުން ތަންދޭނަމަ އީދު ނަމާދު ކުރުން އޮންނާނީ ސްޓޭޑިއަމްގައި

އީދު ނަމާދު ކުރުމަށް ޓާފް ދަނޑުގައި ޖަމާއަތް ހަދާފައި --- ސަން ފައިލް ފޮޓޯ

މޫސުން ތަންދޭނަމަ އަޟުހާ އީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހީމު އަހުމަދު ވިދާޅުވެއްޖެ އެވެ.

" އަޅުގަނޑުމެން ހުރިހާ އެރޭންޖެމެންޓެއް ކޮށްފައި ހުންނާނީ. ދެން އެކަމަކު ވިއްސާރަވެއްޖެއްޔާ އެތާކު ( ސްޓޭޑިއަމް) ގައި ނޯންނާނެ،" އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.

ވިއްސާރަ ނަމަ ސްޓޭޑިއަމްގެ ބަދަލުގައި އީދު ނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށް ވެސް އިބްރާހިމް އަހުމަދު ވިދާޅުވިއެވެ.

އީދު ނަމާދު އިމާމުވެ ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިމާމު ޝެއިޚު މުހައްމަދު ލަތީފު އެވެ.

އީދު ނަމާދު ކުރާ ބޮޑު ޖަމާއަތުގައި މީގެ ކުރިން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް