50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް ނިޝްވާން އާކޮށްފި

ނިޝްވާ ފެތުމުގެ އިވެންޓެއް ނިންމާލާފައި މަޑްކޮށްލައިގެން --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ސަމޯއާގައި މިހާރު ކުރިއަށްދާ ފަސް ވަނަ ކޮމަން ވެލްތު ޔޫތު ގޭމްސް (ސީވައިޖީ)ގައި ސްވިމިންގެ 50 މީޓަރުގެ 50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް ނިޝްވާން އިބްރާހިމް އާކޮށްފި އެވެ.

ސަމޯއާގެ ވެރިރަށް އާޕިއާގައި މިހާރު ކުރިއަށްދާ ގޭމްސްގައި ނިޝްވާން މި ރެކޯޑް އާކޮށްފައި ވަނީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓް 32.36 އިން ސިކުންތުން ފުރިހަމަކޮށްގެންނެވެ.

މީގެ ކުރިން 50 ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އާކޮށްފައި ވަނީ 2005 ވަނަ އަހަރު ބޭއްވި ފުރަތަމަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ކުރީގެ މަޗްހޫރު ފެތުންތެރިޔާ ޙަސަން މުބާހް އެވެ.

އޭނާ އިވެންޓް ނިންމާފައިވަނީ 32.81 ސިކުންތުންނެވެ.

ނިޝްވާން ރެކޯޑް އާ ކުރުމާ އެކު މިއީ ސްވިމިންގް ސީވައިޖީ ގޭމްސްގައި ރާއްޖެ އިން ހެދި ފުރަތަމަ ރެކޯޑެވެ.

comment ކޮމެންޓް