19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ނޭޕާލަށް

މިމަހު ބޭއްވި 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ނޭޕާލާ ދެކޮޅާށް ކުޅުނު މެޗްގެ ތެރެއިން. 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމް މިހާރުވީ ނޭޕާލްގައި --- ފައިލް ފޮޓޯ/ ގައުމީ ޓީމް

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް ނޭޕާލަށް ފުރައިފިއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ އެ މުބާރަތުގައި ރާއްޖެ ލައްވަލީ ވާދަވެރި އިންޑިއާއި އަފްޣާނިސްތާނާއެކު ގުރުޕް ބީ ގައެވެ.

ގުރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ބަނގުލަދޭޝްގެ އިތުރުން ބޫޓާންއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މިއަންނަ ހުކުރު ދުވަހު ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި ރާއްޖެ ނިކުންނާނީ މިމަހުގެ 25 ވަނަ ދުވަހު ވާދަވެރި އިންޑިއާ ދެކޮޅަށެވެ.

ރާއްޖޭގެ ޓީމާއެކު ކޯޗެއްގެ ގޮތުގައި ދިޔައީ ކުރީގެ އަންހެން ގައުމީ ޓީމަށާއި ވިކްޓްރީއަށް ކޯޗްކޮށްދީފައިވާ އަހްމަދު އާތިފް (އާތީ) އެވެ.

އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ދިޔައީ ބީޖީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) އެވެ.

comment ކޮމެންޓް