އައިއޯއައިޖީގެ ދިވެހި ކޮންޓިންޖެންޓަށް ހޫނު މަރުހަބާއެއް ކިޔުމަށް ޔޫތު މިނިސްޓްރީން ތައްޔާރު ވަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް ފުރި ދިވެހި ކޮންޓިންޖެންޓް. ދިވހި ކޮންޓިންޖެންޓަށް ހޫނު މަރުހާބއެއް ކިޔުމަށް އޮލިމްޕިކް ކޮމިޓިއން ދަނީ ތައްޔާރު ވަމުން --- ފޮޓޯ/ އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ކޮންޓިޖެންޓުން ހޯދި ފަޚުރުވެރި ކާމިޔާބަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރު ވަމުންދާކަމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ބުނެފިއެވެ.

ސަންއަށް މައުލޫމާތު ދެއްވި ޔޫތު މިނިސްޓރީގެ އޮފިޝަލް ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން މާދަމާ މާލެ އަންނަ ޓީމަށް ހޫނު މަރުހާބައެއް ކިޔުމަށް ތައްޔާރު ވަމުންދާކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން' އިން މާލެ އަންނަ ޓީމަށް ހުޅުލެއިން ރަތް ދޫލައިގެ މަރުހަބާޔާއެކު ފެށޭ ރަސްމިއްޔާތުތައް މާލޭގައިވެސް އޮންނާނެ ކަމަށެވެ. އަދި އެރަސްމިއްޔާތުތައް ޓީވީއެމްއިން ލައިވް ކުރާ ގޮތަސްވެސް ހަމަޖެހިފައިފައި ވާކަމަށް އޮފީޝަލް ވިދާޅުވިއެވެ.

ހަތަރު ނަންބަރު ޖެޓީން މަރުހަބާ ކިޔުމަށް ބާއްވާ ހަރާކާތްތަކުގައި ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މަރުހަބާގެ ރަސްމިއްޔާތުގައި މުނިފޫހި ފިލުވުމުގެ ސާގާފީ ހަރާކާތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވަނީ އަށް މެޑަލް ހޯދާފައެވެ.

ދިވެހި ކޮންޓިޖެންޓް އިބްރަހީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މެންދުރު ފަހު 1:15 ގައެވެ. މާލެ އަންނާނީ 2:30 ގައެވެ.

comment ކޮމެންޓް