10 ސްކޫލާ އެކު އިންޓާ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި

އިއްޔަ ފެށި އިންޓަ ސްކޫލް ވޮލީ މުބާރތުގެ މެޗެއްގެ ތެރެއިން --- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓާ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 21 ވަނަ މުބާރާތް 10 ސްކޫލަކާ އެކު ފަށައިފި އެވެ.

އިއްޔަ ހަވީރު މުބާރާތް ފެށި އިރު އެކި ޢުމުރު ފުރާތަކުން 23 ޓީމެއް ވާދަކުރެ އެވެ.

މިފަހަރު މުބާރާތުގައި އަތޮޅުތަކުން ވާދަކުރަނީ ދެ ސްކޫލަކުންނެވެ. އެއީ ބ. ގޮއިދޫ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒެވެ.

އަންހެން ކުދިންނާއި ފިރިހެން ކުދިން ބައިވެސް ތިން އުމުރު ފުރައަކުން ސްކޫލްތައް ވާދަކުރެ އެވެ.

އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރު ފުރާތަކެވެ.

މުބާރާތް މިމަހު 15 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ދާއިރު 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ހަވީރު އެވެ. އަދި އަންހެން 14 އަހަރުން ދަށުގެ އަންހެން އުމުރު ފުރާގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ މިމަހު ނުވަ ވަނަ ދުވަހު ހަވީރު އެވެ.

ސޯޅަ އަހަރުން ދަށުގެ އުމުރު ފުރާގެ އަންހެން ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ ނުވަ ވަނަ ދުވަހުގެ ރޭގަ އެވެ.

އަދި އެމުރުފުރާގެ ފިރިހެން ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގަ އެވެ.

ނަވާރަ އަހަރުން ދަށުގެ އުމުރު ފުރާގެ ފިރިހެން ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހު 14 ވަނަ ދުވަހުގެ ރެއެވެ. އަދި އެއުމުރުފުރާގެ އަންހެން ފައިނަލް މެޗް ކުޅެން ހަމަޖެހިފައި ވަނީ 15 ވަނަ ދުވަހުގެ ރޭގަ އެވެ.

މިމުބާރްތ ކުރިއަށްދަނީ ސޯޝަލް ސެންޓަރު އިންޑޯ ކޯޓްގައެވެ.

comment ކޮމެންޓް