މި ސައިކަލުގައި ކަނޑު ހުރަސްކުރަން ބްރިޖެއް ބޭނުމެއް ނޫން

ސްޓަންޓް ރައިޑާ ރޮބާޓް ވިލިއަމް މޫދުގައި މޮޓޯ ސައިކަލެއް ދުއްވަނީ--

ކަނޑު ހުރަސްކޮށް ދުއްވޭނެ މޮޓޯ ސައިކަލެއް ހަދަން އުޅުމުން ގިނަ ބަޔަކު ފާޑުކިޔެވެ. އެ ފާޑުކިޔުންތަކާ އެކުވެސް ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އޮސްޓްރޭލިއަން ސްޓަންޓް ރައިޑާ ރޮބާޓް ވިލިއަމް މެޑިސަން (ރޮބީ)، ހިތްވަރާ މަސައްކަތް ކުރީ ކާމިޔާބީއަށެވެ. ފާޑު ކިޔަމުންދިޔަ މީހުންގެ އަނގަމަތީގައި އެންމެ ފަހުން ރޮބީ މަލަން އަޅައިފި އެވެ. އެއީ އޭނާގެ ހުނަރުން އުފެއްދި މޮޓޯ ސައިކަލުން ކަނޑު ހުރަސް ކުރުމުންނެވެ. އޭނާ އެކަން ކުރުމުން ފާޑު ކިޔަމުންދިޔަ މީހުންގެ ލޯތައް ހުރީ މުދުނަށް އަރާފަ އެވެ.

ސްޓަންޓް ރައިޑާ ރޮބާޓް ވިލިއަމް މޫދުގައި މޮޓޯ ސައިކަލެއް ދުއްވަނީ--

ރޮބީގެ މޮޓޯ ސައިކަލް ވަނީ ފްރެންޗް ޕޮލިނީޝިއާގެ ރަށެއް ކަމަށްވާ ޓަހީޓީ ސަރަހައްދަށް ޖަހާ ބޮޑެތި ރާޅުތައް ވެސް ސިއްސުވާލާފަ އެވެ. އެއީ ރާޅާއެޅުމުގައި ވެސް އެ ސައިކަލް ކުރި ހޯދުމުންނެވެ. ރޮބީ ބުނި ގޮތުގައި އެ ސައިކަލް އުފެއްދީ ދެ އަހަރުގެ މަސައްކަތުންނެވެ.

"ގިނަ ބަޔަކު ބުނީ އެއީ 'ޕައިޕް ޑްރީމް'އެކޭ. ގިނަ މީހުން ބުނީ އެކަމެއް [ސައިކަލުގައި ރާޅާއެޅުން] ނުވާނެ ކަމަށް. އެއީ ގިނަ މީހުން އަހަރެން ކުރަމުން އައި މަސައްކަތާމެދު ދެކުން ގޮތް،" ރޮބީ ބުންޏެވެ.

ސްޓަންޓް ރައިޑާ ރޮބާޓް ވިލިއަމް މޫދުގައި މޮޓޯ ސައިކަލެއް ދުއްވަނީ--

މޫދުގައި ސައިކަލު ދުއްވާއިރު އެ އަޑިއަށް ނުގޮސް މަތީގައި ބެހެއްޓުމަށް ސްކީގެ އިތުރުން ސައިކަލަށް ހާއްސަކޮށްގެން ތައްޔާރުކުރި ދެ "ބޯޓު" އޭގައި ހަރުކުރި އެވެ. އެގޮތުން އެއް ބޯޓު ސައިކަލުގެ ލޯންޗް ރޭމްޕްގައި ހަރުކޮށްފައިވާއިރު އަނެއް ބޯޓު ހަރުކޮށްފައި ވަނީ ސައިކަލުގެ ލޭންޑިން އޭރިއާގައެވެ.

ސައިކަލު ދުއްވަނިކޮށް މައްސަލައެއް ދިމާވެއްޖެ ކަމުގައި ވާނަމަ އެ މޫދު އަޑިއަށް ދިޔުމުން ސަލާމަތް ކުރުމަށްޓަކައި ހާއްސަ އެއާ ބޭގެއް އެ ސައިކަލުގައި ހަރުކޮށްފައިވެ އެވެ.

ހަނަފަސް ސަހަރާތަކުގައި ވެސް ދުއްވޭ ގޮތައް ތައްޔާރުކޮށްފައިވާ އެ ސައިކަލު އުފެއްދުމުގައި ޞޭނުން ކޮށްފައި ވަނީ "ޕެޑްލް" ޓަޔަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު