މޫސުން ގޯސްވުމުގެ ސަބަބަނުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދު ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ 'ސަން' އަށް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ސްޓޭޑިއަމް ސަރަހައްދުގައި ކުރަން ހަމަޖެއްސި ބޮޑު ޖަމާއަތުގެ އީދު ނަމާދު އިސްލާމީ މަރުކަޒުގައި ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ އެކި މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް އަޟުހާ އީދު އަދި ފިތުރު އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރުމަށްޓަކައި ކޮށްފައި ވަނީ ސްޓޭޑިއަމް ސަރަހައްދުގަ އެވެ.
މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ.