ޖަވާހިރުގެ ބޫޓެއް ވަގަށްނެގި މީހާގެ މައުލޫމަތު ހޯދާ މީހަކަށް މިލިއަން ޑޮލަރު!

އެމެރިކާގެ ވޮޝިންގްޓަންގައި ހުއްނަ ސްމިތްސޯނިއަން މިއުޒިއަމްގައި ބަހައްޓާފައި ހުރި މިލިއަން ޑޮލަރުގެ ބޫޓު -- ފޮޓޯ -- ގޫގުލް

އެމެރިކާގެ މިއުޒިއަމެއްގައި ބަހައްޓާފައިހުރި ޖަވާހިރުގެ ބޫޓު ނެގިމީހާގެ މައުލޫމާތު ހޯދައި ހިއްސާކުރާ މީހަކަށް މިލިއަންޑޮލަރު އިނާމެއްގެ ގޮތުން ހުށަހަޅައިފި އެވެ.

އެމެރިކާގެ ވޮޝިންގްޓަންގައި ހުއްނަ ސްމިތްސޯނިއަން މިއުޒިއަމްގައި ބަހައްޓާފައި ހުރި އެ ބޫޓަކީ 1939 ވަނަ އަހަރު ނިކުތް މަޝްހޫރު ފިލްމެއް ކަމަށްވާ "ދަ ވިޒާޑް އޮފް އޯޒް" ގައި އެ ފިލްމުގެ ބަތަލާ ޖޫޑީ ގާލޭންޑް އެރި ބޫޓެވެ.

މިލިއަން ޑޮލަރު ހޯދުމަށް އެ ބޫޓު މިހާރު ވީ ތަނަކާއި ބޫޓު ވަގަށްނެގި މީހެއްގެ މައުލޫމާތު މިއުޒިމާ ހިއްސާކުރުމަށް އެމިއުޒިއަމް އިން ވަނީ އިއުލާނުކޮށްފަ އެވެ.

މިއަހަރުގެ އޮގަސްޓު މަހަށް އެ ބޫޓު ގެއްލުނުތާ 10 އަހަރު ފުރޭއިރު އެ ބޫޓަކީ މިލިއަން ޑޮލަރަށް އިންޝުއާ ކޮށްފައިވާ ބޫޓެކެވެ. އެބޫޓު ވަގަށް ނަގާފައި ވަނީ 2005 ވަނަ އަހަރު އެވެ.

މިއުޒިއަމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯން ކެލްޗް ވިދާޅުވީ މިހާރު އެބޫޓުގެ އަގު ދޭއް ނުވަތަ ތިން މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

އެ ބޫޓުގެ އިތުރުން އެ ފިލްމުގައި ބަތަލާ ޖޫޑީ ވަނީ އެ ފިލްމުގައި ޖަވާހިރުގެ އިތުރު ތިން ބޫޓެއް ބޭނުންކޮށްފަ އެވެ. އެ ބޫޓުތަށް އަދިވެސް ސްމިތްސޯނިއަން މިއުޒިއަމްގައި އާންމުންނަށް ފެންނަގޮތަށް ބަހައްޓާފައި އެބަހުއްޓެވެ.

comment ކޮމެންޓް