ސަން ބަދިގެ: ރޯސް ޕާން

ބޭނުންވާ ތަކެތި:

  • 1 ޕާން (ކުޑަ)
  • 6 ބިސް
  • 1 ދަޅު ގެރި ކިރު
  • 1 ސައިސަމްސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމްސާ އަންސޯލްޓެޑް ބަޓަރ

ހަދާނެ ގޮތް:

  1. ބިހާއި ގެރިކިރާއި އެސެންސް ބޮޑު ބޯތައްޓެއްގައި، އުލެއް ބޭނުން ކޮށްގެން ރަނގަށް އެއްވަންދެން ގިރާލާށެވެ.
  2. ތަވާ ހޫނުކުރަން އުންދުން މައްޗަށް އުދުމަށްފަހު ޕާންފޮތިތައް ކައިރި ކަފާލާފައި، ދެފަޅިއަށްވާ ގޮތަށް ފަޅާލާށެވެ.
  3. ތަވާ ހޫނުވުމުން ކުޑަ ބަޓަރުކޮޅެއް ތަވައިގައި ހާކާލާށެވެ. އަދި ފަހަރަކު ޕާން ފޮއްޗެއް ގިރާފައި ހުރި ބިސްއެއްޗަށް ލައި، ފޯ ކޮށްލުމަށްފަހު ރޯސް ކުރުމަށްޓަކައި ތަވައިގައި ބާއްވާށެވެ. އެއްފުށް ފިހެވުމުން އަނެއް ފުށަށް ޖަހައިގެން ދިޔަ ހިކިލަންދެން ފިހެލާށެވެ.
comment ކޮމެންޓް